Advertisement
ކ. މާލެ
|
29 ފެބްރުއަރީ 2020 | ހޮނިހިރު 20:31
ފިޓްޒޯން
ފިޓްޒޯން
ރިޒްނާ ޒަރީރު
ފިޓްޒޯން
ފިޓްޒޯންގެ 'ފިޓްމިކްސް' ކްލާސްތައް އާންމުންނަށް ހިލޭ ހުޅުވާލައިފި
މިއީ ހިކެން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެއް
ޕްރޮގްރާމް ކުރިއަށްދާނީ އާދިއްތަ އަދި އަންގާރަ ދުވަހު 18:00 ގައި
ފިޓްޒޯންއަކީ 2014 ވަނަ އަހަރުގެ ޑިސެމްބަރ މަހު ހުޅުވި ޖިމެއް

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖިމްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެންމެ ފުރަތަމަ ހުޅުވި ފިޓް ޒޯނުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން 'ފިޓްމިކްސް' ކްލާސްތައް އާންމުންނަށް ހިލޭ ހުޅުވާލައިފިއެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ފިޓްޒޯންގެ މެނޭޖިން ޕާޓްނަރ އަހްމަދު ރިޔާޒް ވިދާޅުވީ މިގޮތަށް އާންމުންނަށް ހިލޭ ބައިވެރިވެވޭ ގޮތަށް ޕްރޮގްރާމެއް ތަޢާރަފްކުރީ ބިޒީ ޝެޑިއުލްގައި މަސައްކަތްކުރާ ފަރާތްތަކަށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރު އެޅުމަށް ކަމަށެވެ. އަދި ފޯރުންތެރިކަން ނެތް ފަރާތްތަކަށް ވެސް ޓްރެއިނަރަކާ އެކީ ޖިމްގައި ކަސްރަތުކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ފިޓްމިކްސްއަކީ ފިޓްޒޯންގެ އަމިއްލަ އުފެއްދުމެއް ކަމަށާއި މިއީ ހިކެން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި އަންގާރަ ދުވަހު އިރު އޮއްސި 18:00 ގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހަފްތާގެ ކޮންމެ ދުވަހަކު ވެސް ހުޅުވާލާފައިވާ ކަމަށާއި އެގޮތުން ފިޓްޒޯން ހޮޓްލައިން ނަންބަރ 3352030 ނުވަތަ ވައިބަރ ނަންބަރ 7613079 އަށް މެސެޖްކޮށްގެން ވެސް ބައިވެރިވެވޭނެއެވެ.

މީގެ އިތުރުން ފިޓްޒޯންއަކީ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންގެންދާ ތަނަކަށްވާއިރު ފިޓް ޒޯން އިން ކުރިއަށްގެންދާ ގުރޫޕު ފިޓްނަސް ޕްރޮގްރާމްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

Advertisement

ގުރޫޕުގެ ފިޓްނަސްގެ ދަށުން ފިޓް ޒޯނުން ވަނީ ސްޓޫޑިއޯއެއް ވެސް ވަނީ ހުޅުވާފައެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ކްލާސްތައް ހިންގަމުން ގެންދާއިރު،ސްޓީލް ޕްރޮގްރާމާއި، ޒުންބާ ކުރިއަށް ގެންދެއެވެ. އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޒުންބާގެ ކްލާސްތައް ހެނދުނާއި ރޭގަނޑުގެ އެކި ގަޑިތަކުގައި ކުރިއަށްގެންދެއެވެ.

ސްޓީލް ކޮމްބެޓް، ސްޓީލް ޓޮނިކް، ސްޓީލް ޓްރެއިނިން ޕްރޮގްރާމް ހެނދުނާއި ރޭގަނޑުގެ އެކި ގަޑިތަކުގައި ކުރިއަށްގެންދާނެ ކަމަށާއި މިހާރު ވެސް ގިނަ ބައެއްގެ ތަރުހީބު މިކަމަށް ލިބެމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މިޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ފިޓް ޒޯންގެ ސެޓިފައިޓް އިންސްޓްރަކްޓަރުން ތިބޭނެއެވެ. އަދި ވަރަށް އަވަހަށް އިތުރު ޕްރޮގްރާމްތަކެއް ތަޢާރަފްކުރުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިޓްޒޯންއަކީ 2014 ވަނަ އަހަރުގެ ޑިސެމްބަރ މަހު ހުޅުވި ޖިމެކެވެ. އަދި ދުޅަހެޔޮ ކަމަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަރަށް މަޤްބޫލު ތަނަކަށް ވަނީ ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް