ކ. މާލެ
|
29 ފެބްރުއަރީ 2020 | ހޮނިހިރު 21:03
ނަޝީދުއާ ޗައިނާ ސަފީރު
ނަޝީދުއާ ޗައިނާ ސަފީރު
މަޖިލިސް
ރައީސް މުހައްމަދު ނަޝީދު
ޗައިނާއާ ހިލާފަށް، އިންޑިއާގެ މަޝްރޫއުތަކަކީ ''ދަރަނި ދަންތުރަ'' އެއް ނޫން: ނަޝީދު
އިންޑިއާ އަށް ވަރަށް ބޮޑަށް ތައުރީފްކުރެއްވި
ޗައިނާ ސަފީރު ވަނީ ނަޝީދު އަށް ރައްދު ދެއްވާފައި
ޗައިނާ އަންނަނީ އިންޑިއާ ކަނޑުގައި ބާރުގަދަވަމުން: ނަޝީދު

ޗައިނާއާ ހިލާފަށް، އިންޑިއާގެ މަޝްރޫއުތަކަކީ ''ދަރަނި ދަންތުރަ'' އެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ގުޖުރާތުގައި ކުރިޔަށްދާ އިންޑިއަން އައިޑިއާސް ކޮންކްލޭވް ސެމިނަރގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އިންޑިއާ އަކީ އިގްތިސާދީ ގޮތުން ކުރިއަރަމުން އަންނަ ގައުމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އިންޑިއާ އަކީ ރާއްޖެއާ އަވަށްޓެރި ގައުމުތަކަށް ހުރި ނުރައްކަލެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމަކަށްވިޔަސް އިންޑިއާއިން ރާއްޖެއާމެދެ އަމަލުކުރަމުން އަންނަނީ ހަމަހަަމަކަމާއި އިހްތިރާމާއެކު ކަމަށެވެ. އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އިންޑިއާގެ އެހީތެރިކަމާއި އެކު ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކުރެވިއްޖެ ކަމަށާއި، އިންޑިއާ އިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކަކީ ހާމަކަން ބޮޑު ގޮތެއްގައި ދެފުށް ފެންނަ ގޮތަށް ހިންގަމުން އަންނަ މަޝްރޫއުތައް ކަމަށެވެ.

އިންޑިއާގެ ކުރިއަރަމުންދާ އިގްސާދަށް ތައުރީފްކުރައްވަމުން އިންޑިއާ ގާތް ގުޅުމެެއް ބާއްވަމުން އަންނަ ނަޝީދު ވަނީ، އިންޑިއާ ކަނޑުގައި ޗައިނާ ބާރުގަދަވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެކަމަކު ޗައިނާއިން އިންޑިއާ ކަނޑުގެ ގައުމުތަކަށް އަމަލުކުރަމުން އަންނަނީ އިންޑިޔާއާ އަޅާބަލާއިރު ވަރަށް ތަފާތު ގޮތަކަށް ކަމަށެެވެ.

ނަޝީދު އިންޑިއާގައި، ޗައިނާއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފަ ހުންނަވާ ސަފީރު ޒަންގް ލީޒޯންގް ވިދާޅުވީ، ވަކި ގައުމުކާއި ގުޅުން ބަދަހި ކުރުމުގެ ގޮތުން، ގުޅުން އޮންނަ އެހެން ގައުމުތަކާއި އަޅާ ނުކިޔަސް ގައުމުތަކުގެ ވެރިންނަށް ގުޅުން ބަދަހިކުރެވޭނެ ކަމަށެވެ.

ޗައިނާގެ ބެހޭ ގޮތުން ނަޝީދު ވަނީ މީގެ ކުރިންވެސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ''ދަރަނި ދަންތުރަ'' އާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. ނަޝީދުއާ ޗައިނާގެ ސަފީރާ ދެެމެދު ދޭތެރެ ދެތޭރެއިން ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރެވެމުންދެއެވެ.

- ކޮމެންޓް