Advertisement
ކ. މާލެ
|
29 ފެބްރުއަރީ 2020 | ހޮނިހިރު 21:24
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ބަހައްޓާފައިވާ އެމްއާރުއައި މެޝިން
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ބަހައްޓާފައިވާ އެމްއާރުއައި މެޝިން
ޓްވިޓަރ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އެމްއާރްއައި މެޝިން ބަހައްޓައިފި
މި ފެށޭ މާރޗްމަހުގެ ކުރީކޮޅު މެޝިންގެ ޚިދުމަތް ދޭން ފެށޭނެ
މިހާރު ކުރިއަށް ދަނީ މެޝިން ބޭނުންކުރަންފެށުމުގެ ކުރިން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުން

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އެމްއާރްއައި މެޝިން ބަހައްޓައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އައްޑޫ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ސާފީ މުހައްމަދު ހުސައިން ވިދާޅުވީ އެ ހޮސްޕިޓަލްގައި އެމްއާރުއައި މެޝިން ބެހެއްޓުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ މެޝިން ބޭނުންކުރަންފެށުމުގެ ކުރިން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކަމަށެވެ.

މި ފެށޭ މާރޗް މަހުގެ ކުރީކޮޅު މެޝިންގެ ޚިދުމަތް ދޭން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އެމްއާރުއައި ޚިދުމަތްދޭން ފެށުމުން އެ ހޮސްޕިޓަލް ވެގެން ދާނީ މާލޭ ސަރަހައްދުން ބޭރުގައި އެމްއާރްއައިގެ ޙިދުމަތް ދެވޭ ފުރަތަމަ ހޮސްޕިޓަލަށެވެ.

އެމްއާރްއައި ޙިދުމަތުގެ އިތުރުން އެ ހޮސްޕިޓަލުން ވަނީ ކޮންޓްރާސްޓް ސީޓީ ސްކޭންއާއި ސީޓީ ސްކޭންގެ ޙިދުމަތް ވެސް މިދިޔަ ހަފްތާ ތެރޭގައި ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް