ކ. މާލެ
|
28 ފެބްރުއަރީ 2020 | ހުކުރު 19:21
އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފް
ޝުއައިބް މުހައްމަދު އިގްބާލް
ހަސަން ލަތީފް
ވާދަވެރިގޮތަށް ހިންގާ ސިޔާސީ ޕާޓީއެއް ނެތުމުން އުނދަގޫވޭ: އެމްޑީޕީގެ ޗެއަރޕަސަން
އިދިކޮޅުން ބުނެފައިވަނީ ރައީސް ޔާމީން ޖަލަށްލުމަކީ ޑިމޮކްރަސީގެ ހަޔާތުގައި އެޅި ފިޔަވަޅެއް ކަމަށް
ފެންނަނީ ޕީޕީއެމަށް ޕާޓީ ނުހިންގިދާތަން: އެމްޑީޕީގެ ޗެއަރޕަސަން

ވާދަވެރިގޮތަށް ހިންގާ ސިޔާސީ ޕާޓީއެއް އިދިކޮޅުގައި ނެތުމުގެ ސަބަބުން އުދަނގޫތަކާއި ދިމާވާ ކަމަށް އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް އެެހެން ވިދާޅުވީ، ރިޔާސީ ބަޔާނަށް އިދިކޮޅުން ދިން ޖަވާބާ ގުޅުވައިގެން ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާންގެ ޖަވާބު އިއްވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު, އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެފައިވަނީ، އިދިކޮޅު ސިޔާސީ ލީޑަރ އަބްދުﷲ ޔާމީން ޖަލަށްލުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އެއީ ވާދަވެރި ސިޔާސީ ޕާޓީތަކަށް ކުރިމަތިކުރުވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ހަސަން ލަތީފް ވިދާޅުވީ، ވާދަވެރި ސިޔާސީ ނިޒާމު މި ސަރުކާރުން ގެއްލުވާލާފައިވާ ކަމަށް އިދިކޮޅުން ބުނަމުންދާ ވާހަކައަކީ އެއްވެސް ގޮތަކަށް ގަބޫލުކުރައްވާ ވާހަކަތަކެއް ނޫން ކަމަށެވެ. ވަކިން ހާއްސަކޮށް ޔާމީން ޖަލަށްލުމުން ސިޔާސީ ނިޒާމު ފުނޑިގެންވެސް ނުދާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު ފެންނަމުންދަނީ ޕީޕީއެމްއަށް ޕާޓީ ނުހިންގިގެންދާތަން ކަމަށެވެ. އަދި ވާދަވެރިގޮތަށް ސިޔާސީ ޕާޓީއެއް ނެތުމަކީ އެމްޑީޕީއަށްވެސް އުދަގޫވާކަމެއް ކަމަށެވެ.

މަޖިލީހުގެ ތެރޭގައިވެސް އަދި ހާއްސަކޮށް ސަރުކާރެއް ހިނގަމުންދާއިރު ފާޑެއް ވިދާޅުވާނެ ބޭފުޅެއް ނެތުމުން މި ނިޒާމު ދަންނަ ކަމެއް ނޫން. އޮޕޮޒިޝަނެއް އޮންނަން ޖެހޭ. އިނގޭތޯ؟ އެކަމަކު އަޅުގަނޑުމެންނަށް ނުފެނޭ.
ހަސަން ލަތީފް - އެމްޑީޕީގެ ޗެއަރޕަސަން

ހަސަން ލަތީފް ޕީޕީއެމަށް ފާޑު ވިދާޅުވެފައިވާއިރު، އެ ޕާޓީން ބުނަމުންދާ ގޮތުގައި ސަރުކާރު ޖަވާބުދާރިކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އެކަމަކު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާ ގޮތުން ޕީޕީއެމް އަށް މިހާރު ބޭނުންވަނީ ''ބާޒެއް'' އެވެ. އުމަރުގެ ނަޒަރުގައި ރައީސް ޔާމީން ނެތްތަން ފޫބެއްދޭނެ ވަރުގެ ލީޑަރޝިޕް ސްކިލް ހުރި ބޭފުޅެއް އެ ޕާޓީއަކު ނެތެވެ.

- ކޮމެންޓް
29 ފެބްރުއަރީ 2020 | ހޮނިހިރު 00:27
ލޮލް
މިއަދު ޕީޕީއެމް އިން ބޭއްވި ޖަލްސާ އަށް ބަލާލީމަ ވެސް ލަތީފް މެން ލަދު ގަންނަން ޖެހޭނީ. ވާދަ ކުރާ އަދި ކުރެވޭނެ ވަރު ކަން ވަރަށް ފުރިހަމަ އަށް ހާމަވެއްޖެ.. މިފަހަރު ކައުންސިލް ގެ ނަތީޖާ ވަރަށް ސާފުވެގެން އެ ދިޔައީ.. ހަޖަމް