Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 08:08
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ކޮރޯނާވައިރަސް
ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން މަރުވަނީ 2 އިންސައްތަ މީހުން!
80 އިންސައްތަ ކޭސް ފެންނަނީ އާދައިގެ ރޯގާއެއްގެ ގޮތުގައި
ސީރިއަސް ހާލަތަށް ދަނީ 15 އިންސައްތަ މީހުން
ފަރުދީ ޒިންމާ އެންމެންވެސް ނަގަންޖެހޭ

ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން މަރުވަނީ 2 އިންސައްތަ މީހުން ކަމަށް ޑޮކްޓަރުން ބުނެފިއެވެ.

Advertisement

ކޮވިޑް 19 އާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ސިލްސިލާގޮތަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ބުދަ ދުވަހު ބައިވެރިވަޑައިގެންނެވި ޑރ.އަހުމަދު ޝަހީދު ވިދާޅުވީ ކޮވިޑް-19ގެ ވޭތުވެދިޔަ 2 މަހު ޑޭޓާ އަށް ބަލާއިރު 80 އިންސައްތަ ކޭސް ފެންނަނީ އާދައިގެ ރޯގާއެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް 15 އިންސައްތަ މީހުން ސީރިއަސްވާ ކަމަށް ނުވަތަ ކްރިޓިކަލް ކެއަރގެ ޙާލަތައްދާ ކަމަށާއި، ބޮޑު ބައްޔެއް ގޮތަށް ފާހަގަވަނީ އުމުރުން ދުވަސްވީ މީހުން ބޮޑެތި ބަލިތައް ތަޙަމަލުކުރާ މީހުންނަށް ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިބަލީގައި މަރުވަނީ 2 އިންސައްތަ މީހުން ކަމަށެވެ.

02 އިންސައްތަ މީހުން ނިޔާވުމުގެ ފުރުސަތު އޮތީ. މިއީ ޑްރޮޕްލެޓް އިންފެކްޝަންއެއް ކަމަށް ކެއްސާ ކިބިހި އަޅާއިރު ބޭރުވާ ޕާޓިކަލް 6 ފޫޓް ދާއިރު ކައިރީގައި އުޅޭ މީހުންނަށް ނުރައްކާ އޮތް ކަމަށް ފެތުރުމުގެ.މިއީ ފަސޭހައިން ފެތުރޭ ވައިރަސްއެއް ނަމަވެސް އެކަށީގެންވާ ފިޔަވަޅު އަޅާފިނަމަ ވައިރަސްއިން ރައްކާތެރިވެވޭ.
ޑރ.އަހުމަދު ޝަހީދު

ޑރ.ޝަހީދު ވިދާޅުވީ ކޮވިޑް-19 އަށް ޚާއްޞަ ބޭހެއް ނުވަތަ ވެކްސިނެއް ނެތް ނަމަވެސް ރައްކާތެރިވުމުގެ ގޮތުން ފަރުދީގޮތުން ކުރެވޭ މަސައްކަތްތައް ހުންނާނެ ކަމަށެވެ.

އެގޮތުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކުން ބޮޑަށް ސަމާލުވެ ރައްކާތެރި ފިޔަވަޅު ވަރުގަދަކުރުމާއި، އެހެން ޤައުމުތަކަށް ދަތުރުކުރާއިރު ރައްކާތެރި ފިޔަވަޅުތައް އެޅުމާއި ޞިއްޙީ ޚިދުމަތް ދޭ ތަންތަނަށް ކޮންމެހެން ބޭނުންވެގެން ނޫނީ ނުދިއުމަށް ޑރ. ޝަހީދު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރުކޮށްފައި އައިސް 14 ދުވަހުގެތެރޭގައި ބަލިވެއްޖެނަމަ، ބޭރަށް ނުނިކުމެ ޞިއްޙީ ގޮތުން ފަރުވާހޯދުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް