Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 07:55
ހައިކޮމިޝަނަރ މިޝޭލް ބެޝެލޭއާ ފޮރިން މިނިސްޓަރު ޝާހިދު
ހައިކޮމިޝަނަރ މިޝޭލް ބެޝެލޭއާ ފޮރިން މިނިސްޓަރު ޝާހިދު
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދް / ޓްވިޓާ
ފޮރިން މިނިސްޓަރު ޝާހިދު
އދގެ އިންސާނީ ހައްގުތަކާއި ބެހޭ އެންމެ އިސްވެރިޔާ އާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައިފި
އިންސާނީ ހައްގުތައް ކަށަވަރުކޮށް ކުރާ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވި
އިންސާނީ ހައްގުތައް ކުރިއެރުވުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވި
މިނިސްޓަރު ޝާހިދު ގެންދަވަނީ ގިނަ ގައުމުތަކުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވަމުން

އދގެ އިންސާނީ ޙައްޤުތަކާއި ބެހޭ ހައިކޮމިޝަނަރ މިޝޭލް ބެޝެލޭއާ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ބައްދަލުވުމުގެ ހައި-ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު، ހައިކޮމިޝަނަރާ ބައްދަލުކުރެއްވީ ބުދަ ދުވަހު ޖެނީވާގައި ހުންނަ އދގެ އޮފީހުގައެވެ.

މިބައްދަލުވުމުގައި މިނިސްޓަރު ވަނީ އިންސާނީ ޙައްޤުތައް ކަށަވަރުކޮށް، ކުރިއެރުވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު އެކަމަނާއާ ހިއްސާކުރައްވާފައެވެ. އަދި އެމަސައްކަތުގައި ހައިކޮމިޝަނަރާއި ހައިކޮމިޝަނަރުގެ އޮފީހުން ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަނާއަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ވިދާޅުވީ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއި ކުރިއެރުވުމުގައި ރާއްޖޭގެ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ހިއުމަން ރައިޓްސް ހައިކޮމިޝަނަރަށް އެރުވިކަމަށެވެ.

Advertisement

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ރާއްޖެއިން އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގައި ހޯދާފައިވާ ކާމިޔާބީތަކަކީ މިސާލެއްކަމަށް ހައިކޮމިޝަނަރ ވަނީ، ޖެނީވާގައި ގިނަ ޤައުމުތަކެއްގެ ދާއިމީ މަންދޫބުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

ހިއުމަން ރައިޓްސް ހައިކޮމިޝަނަރުގެ އިތުރުން ވެސް އެހެން ބައެއް ބޭފުޅުންނާއި ފޮރިން މިނިސްޓަރ ޝާހިދު ވަނީ ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބައްދަލުކުރައްވާފައެވެ. އެގޮތުން ސީޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް ބެރީ ފޯރއާއި، ޖޯޖިއާގެ ފޮރިން މިނިސްޓަރު ޑޭވިޑް ޒަލްކަލިއާނީ މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި އެޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން މިނިސްޓަރު ޝާހިދު ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން މޮރޮކޯގެ މިނިސްޓަރ އޮފް ސްޓޭޓް އިން-ޗާޖް އޮފް ހިއުމަން ރައިޓްސް މުސްޠަފާ ރާމިދުއާއި ބައްދަލުކުރައްވައި، އިންސާނީ ޙައްޤުތަކުގެ ދާއިރާގައި ދެޤައުމުގެ މެދުގައި ކުރެވެމުންދާ ފަންނީ އެއްބާރުލުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، އިތުރަށް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ބެހޭ ގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް