Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 20:55
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް
ޔޫސުފް ސޮފްވާން ރަޝީދު
ފުލުހުން
ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި ދިވެއްސަކު ހިފަހައްޓައިފި
މި މައްސަލަގައި ބުދަ ދުވަހު ހިފަހައްޓާފައިވަނީ ދިވެހި ފިރިހެނެއް
އޭނާގެ ދަބަސް ބަލައި ފާސްކުރިއިރު އެފަދަ އެއްވެސް އެއްޗެއް ފެނިފައި ނުވޭ
އޭނާ މިހާރު ވަނީ ދޫކޮށްލާފައި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަން ދިޔަ ދިވެއްސަކު ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނުމުން އޭނާ ހިފަހައްޓައިފިއެވެ.

ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ބުނީ މި މައްސަލަގައި ބުދަ ދުވަހު ހިފަހައްޓާފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ. ފުލުހުންނާއި އޭނާ ޙަވާލުކޮށްފައިވަނީ އެއަރޕޯޓް ސެކިއުރިޓީން ކަމަށެވެ. ފުލުހުން އޭނާގެ ދަބަސް ބަލާ ފާސްކުރިއިރު އެފަދަ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

Advertisement

މި މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ނަޞޭޙަތްދީ އޭނާ ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް