Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 18:57
ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ
ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ
ސަން އޮންލައިން
ކަނޑުހުޅުދޫ މެޖިސްޓްރޭޓް
ކަނޑުހުޅުދޫ މެޖިސްޓްރޭޓް ހަސަން ދިީދީ ފަނޑިޔާރުކަމުން ވަކިކުރަނީ
ޖިންސީ ގޯނާގެ ގިނަ ތުހުމަތު ތަކެއް ކުރެވޭ
މަގާމުން ސަސްޕެންޑް ކޮށްފައިވަނީ ޖުލައި މަހު

ސީރިއަސް މައްސަލަތަކެއް ތުހުމަތު ކުރެވިފައިވާ ގއ. ކަނޑުހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހަސަން ދީދީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގެ 5 އާއި 6 އާއި ހަމަ އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.2 އާއި، 1.8 އާއި، 3.1 އާއި، 3.2 އާއި، 4.1 އާއި، 4.9 އާއި، 6.4 ވަން ނަންބަރުގައި ބަޔާންކުރާ ސުލޫކާ ކަނޑައެޅިގެން ޚިލާފުވެ، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާފަދަ ޢަމަލުތަކެއް އިސްމެޖިސްޓްރޭޓް ޙަސަންދީދީ ކޮށްފިކަމަށް ކޮމިޝަނަށް އެ ކޮމިޝަނަށް ސާބިތުވެފައިވާ ކަމަށެވެ.

Advertisement

ޖޭއެސްސީން ބުނީ، ހަސަން ދީދީގެ މައްޗަށް ސާބިތުވެފައިވާ ކަމަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައިބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ ޢަމަލެއްކަމަށް ޖޭއެސްސީގެ 1-32 ވަނަ މާއްދާގެ(ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ގަސަންދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަޖިލީހަށް ހުށަހެޅުމަށް، ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ހަސަން ދީދީގެ މައްސަލަ ފެންމަތިވީ، ކަނޑުހުޅުދޫ ގައި ދެ އަހަރު ނުވާ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ އެއް ތިލަވުމާއި އެކުއެވެ. ޖޭއެސްސީ އަށް ހުށައެޅުނު ޝަކުވާއަކާއި ގުޅިގެން ފަނޑިޔާރު ކަމުގެ މަގާމުން ހަސަން ދީދީ ސަސްޕެންޑް ކޮށްފައިވަނީ ޖުލައި މަހުއެވެ.

ހަސަން ދީދީއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށައެޅިފައިވާ މައްސަަލަތައް

  1. މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމުގެ ޝަކުވާއާއި، މާލިއްޔަތު ޤަވާއިދާއި ހިލާފަށް އަމަލުކުރުމަށް މުވައްޒަފުންނަށް
  2. މަޖުބޫރުކުރާ މައްސަލަ
  3. އިސްމެޖިސްޓްރޭޓް ޙަސަން ދީދީގެ މައްޗަށް ތުހުމަތުކޮށް އޭނާ އަވަގުރާނަ ގޮވިކަމަށްބުނެ ހުށަހެޅުނު މައްސަލަ
  4. އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ ކަމަށްބުނެ ހުށަހެޅުނު މައްސަލަ
  5. ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  6. ހެކިންގެ ބަޔާން ނެގުމަށް ހުރަސްއަޅާ ކަމަށްބުނެ ހުށަހެޅުނު މައްސަލަ
  7. މާރާމާރީ ހިންގުމަށް ހިތްވަރު ދިންކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  8. ހުތުރު އެއްޗެތި ގޮވިކަމަށް ބުނެ ހުށަހެޅުނު މައްސަލަ

ޖޭއެސްސީން ދަނީ މިހާރުވެސް ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ބަަލަމުންނެވެ. އޭގެ ތެރޭގައި މެޖިސްޓްރޭޓުންނާއި ސުޕީރިއަރ ކޯޓުތަކާއި ހައިކޯޓުގައި ތިއްބެވި ފަނޑިޔާރުންވެސް ހިމެނިވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް