Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 19:15
ނައިބް ރައީސް ފައިސަލް ނަސީމް ރ. އަތޮޅު ކައުންސިލަރުންނާއި ބައްދަލު ކުރައްވަނީ
ނައިބް ރައީސް ފައިސަލް ނަސީމް ރ. އަތޮޅު ކައުންސިލަރުންނާއި ބައްދަލު ކުރައްވަނީ
ރައީސް އޮފީސް
ނައިބް ރައީސް
ބައެއް ރަށްރަށުގައި އުޞޫލުތަކާއި ޚިލާފަށް އަވަސްކޮށްލައިގެން މަސައްކަތް ކުރަމުން ދިއުމުން ކަންބޮޑުވޭ: ރ. އަތޮޅު ކައުންސިލް
ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ވަނީ ހިއްސާކުރައްވާފައި
ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ނައިބް ރައީސް ވިދާޅުވި

ބައެއް ރަށްރަށުގައި އުޞޫލުތަކާއި ޚިލާފަށް އަވަސްކޮށްލައިގެން ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ސަބަބުން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލަށް ކުރިމަތިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ ސަމާލުކަމަށް ގެންނަވައިފިއެވެ.

ނައިބު ރައީސް އުނގޫފާރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، އެ އަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި ތަރައްޤީއަށް ކުރަމުންދާ ބައެއް މަސައްކަތްތަކާއިބެހޭ މަޢުލޫމާތު ނައިބު ރައީސާއި ކައުންސިލުން ވަނީ ހިއްސާކުރައްވާފައެވެ.

މިގޮތުން ކައުންސިލަރުންވަނީ، ބައެއް ރަށްރަށުގައި އުޞޫލުތަކާއި ޚިލާފަށް އަވަސްކޮށްލައިގެން ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ސަބަބުން އަތޮޅު ކައުންސިލަށް ކުރިމަތިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެންނަވާފައެވެ.

މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙާއެކު ކައުންސިލްތަކުގެ ހިންގުމަށް އައިސްފައިވާ ބަދަލުތަކާއި އަތޮޅު ފެރީގެ ނިޒާމު ހަރުދަނާކުރުމާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުން ހިމެނެއެވެ.

Advertisement

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރާއި ކަމާއިބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވަނީ ވިދާޅުވެފައެވެ.

އަދި، ރަށްރަށުގެ ތަރައްޤީއަށް ހިންގާ އެކި މަޝްރޫޢުތަކުގެ ކަންކަން ވަރަށް ގާތުން ބައްލަވައިދެއްވުމަށާއި، އަތޮޅުގެ އިޖްތިމާޢީ ފޭރާން ރަނގަޅުކޮށް، ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް