Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 15:21
ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމިޓީތަކުގައި ހުރި މަސައްކަތްތައް ރޭގަނޑާއެކު މަސައްކަތް ކުރައްވައިގެން ވީ އެންމެ އަވަހަށް ނިންމުމަށް ނަޝީދު އެދިވަޑައިގެންފި
އިބްތިދާޢީ ބަހުސްގެ މަރުހަލާގައި 11 ބިލެއް
ކޮމެޓީތަކުން ދިރާސާކުރުމަށް 18 ބިލެއް
ނުނިމިހުރި މަސައްކަތުގެ ގޮތުގައި ތަޅުމުގައި ބަހުސްކުރުމަށް 6 ބިލެއް

ކޮމިޓީތަކުގައި މިހާރު ހުރި މަސައްކަތްތައް ރޭގަނޑުގައިވެސް މަސައްކަތް ކުރައްވައިގެން ވީ އެންމެ އަވަހަކަށް ނިންމާލަދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މެންބަރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައިވަނީ މަޖިލީހުގައި މިހާރު ހުރި މަސައްކަތްތަކުގެ ތަފްސީލު އަމީން ޢާންމު ފާތިމަތު ނިއުޝާ މަޖިލީހުގެ ރައީސްގެ އެދިވަޑައިގަތުމަށް އިއްވަވާފަ އެވެ. އެތަފުސީލުތަކައް ބަލާލާއިރު ފުރަތަމަ ކިޔުމުގައި ދެ ބިލެއްގެ މަސައްކަތްވެ އެވެ. އިބްތިދާޢީ ބަހުޘްގެ މަރުޙަލާގައި 11 ބިލެއް އޮތްއިރު ،ނުނިމިހުރި މަސައްކަތުގެ ގޮތުގައި ތަޅުމުގައި ބަހުޘްކުރުމަށް 6 ބިލެއް އެބައޮތެވެ. ކޮމެޓީތަކުން ދިރާސާކުރުމަށް 18 ބިލެއް އެބައޮތެވެ.

Advertisement

މިތަފުސީލުތައް އަމީން ޢަންމު ދެއްވުމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިހުރިހާ ބިލުތަކެއްގެ މަސައްކަތް ބާރަށް ގެންގޮސް ނިންމާލަންޖެހޭ ކަމަށެވެ. އެހެންކަމުން ކޮމިޓީތަކުގެ މަސައްކަތްތައް ރޭގަނޑާއެކު ކުރިޔަށްދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޚާއްސަ ގޮތެއްގައި އިގްތިޞާދީ ކޮމިޓީގެ މަސައްކަތް އަދި ބިލްތައް ގިނަ ކޮމިޓީގެ މަސައްކަތްތައް. އިގްތިޞާދީ ކޮމިޓީން މިމަސައްކަތްތައް ބާރަށް ކުރިޔަށް ގެންދިޔމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަމީން އާންމު އަރިހުންވެސް އަދި ކައުންސެލަރ ޖެނެރަލްގެ އަރިހުންވެސް އަޅުގަނޑު އެދެން ރޭގަނޑު މުގައްރިރުންނާއި އަދި ކޮމިޓީ މެމްބަރުންނާ ވާހަކަ ދެއްކުމަށްފަހު ކޮންމެ ރެއަކުވެސް ކޮމެޓީތައް ކުރިޔަށް ގެންގޮސްދެއްވުމަށް.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފަށާފައިވަނީ މިފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު އެވެ. އޭގެފަހުން ޖަލްސާތަކާއި ކޮމިޓީތަކުގެ މަސައްކަތްތައް ކުރިޔަށްދާއިރު 19 ވަނަ ރައްޔިތުންގެ މަޖިލިސް ފާހަގަވެގެން ގޮސްފައިވަނީ ޙަކާތްތެރި ގިނަ މަސައްކަތްތަކެއް ކުރާ މަޖިލީހެއްގެ ގޮތުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް