Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 14:25
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޤާނޫނު ކިޔަވާ ކުދިންގެ ޝަކުވާތަކަށް ޖުޑީޝަރީ ކޮމިޓީން ހައްލު ހޯއްދައި ދިނުމަށް އެދިއްޖެ
ޔުނިވަރސިޓީން ޝަރުޢީ ދާއިރާއިން ކިޔެވުމަށްފަހު ވަކާލާތުކުރުމުގެ ފުރުސަތު ފަހިވެގެން ނުދާކަމަށް ރައީސް ނަޝީދު ވިދާޅުވި
އިމްތިހާނު ހަމަނުޖެއްސިވުމުގައި ބާ ކައުންސިލުގެ ޝަކުވާތަކެއް އެބަހުރިކަމަށް ރައީސް ނަޝީދު ވިދާޅުވި

ޤާނޫނު ކިޔަވާ ކުދިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުޑީޝަރީ ކޮމިޓީގައި އެދިލައްވައިފި އެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޤާނޫނީ ދާއިރާއިން ރާއްޖޭގައި ކިޔަވާ ކުދިންގެ ގިނަ ޝަކުވާތަކެއް އެމަނިކުފާނަށް ލިބިވަޑައިގަންފައިވާ ކަމަށެވެ. އެގޮތުން ޔުނިވަރސިޓީން ޝަރުޢީ ދާއިރާއިން ކިޔެވުމަށްފަހު ވަކާލާތުކުރުމުގެ ފުރުސަތު ފަހިވެގެން ނުދާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެކަން އެހެން ކުރާ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ އެހެން ގައުމުތަކޭ އެއްފަދައިން އަދި ޝަރީޢާ އެންޑް ލޯ ގެ ޔުނިވަރސިޓީ ޑިގްރީއެއް ހެދިކަމުގައި ވީނަމަވެސް ވަކާލާތު ކުރުމުގެ މަސައްކަތަކީ މުޅިން އެހެން މަސައްކަތެއް ކަމަށެވެ.

އެހެންވީމާ ވަކާލާތު ކުރުމަށް ވަކި އިމްތިހާނެއް އެބަ ހަދަންޖެހޭ. ބާ ކައުންސިލްގެ ޤާނޫނީ ފަންނުގެ ޤާނޫނު އެނގިވަޑައިގަންނަވާނެ އަމަލުކުރަން ފެށުނީ 27 ޖޫން 2019 ގައި. ބާ ކައުންސިލުން އެބަޖެހޭ މިކުދިންނަށް އެއިމްތިހާން ފަހިކޮށްދޭން. ކުދިންނަށް އިމްތިހާނުގައި ބައިވެރިނުވެވިވާ އެންމެ ބޮޑު އެއް ސަބަބަކީ އަދިވެސް އެއިމްތިހާން ހަމަޖެހިފައިނެތް. އަޅުގަނޑު ހިތުން ޖުޑީޝަރީ ކޮމިޓީން ދަނީ ބާ ކައުންސިލާއި މިކަމާ މަޝްވަރާކުރަމުން. ބާ ކައުންސިލަށް މިކަމަށް ބޭނުންވާ އިމްތިހާނު އަދި ގަވާއިދުތައް ހެދުމަށް ދީފައިވަނީ ތިން މަސްދުވަސް.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ޤާނޫނުގައި ބުނާގޮތުން މިވަގުތު ހުންނަންޖެހޭނީ މިއިމްތިހާނުގެ ކަންކަން ހަމަޖެހިފައި ކަމަށެވެ. އެހެންނަމަވެސް އިމްތިހާނު ހަމަނުޖެއްސިވުމުގައި ބާ ކައުންސިލުގެ ޝަކުވާތަކެއް އެބަހުރިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން މުޅި މިމައްސަލައަށް ޖުޑީޝަރީ ކޮމިޓީން ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޤާނޫނީ ފަންނުގެ ޤާނޫނު ތަސްދީޤުވެގެންދިޔުމާ ގުޅިގެން އަލަށް ވަކީލުކަން ކިޔަވާ ދަރިވަރުންނަށް ގާނޫނީ ވަކީލުކަމުގެ ހުއްދަދިނުމަށް ނިންމާފައިވަނީ ޝަރުތުތަކަކާ އެކުގައެވެ. އޭގެ ތެރޭގައި ގާނޫނީ ވަކީލުކަމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، ބާ އިމްތިހާނު ފުރިހަމަކުރުމާއެކު، ގާނޫނީ ހިދުމަތްދޭ ދައުލަތުގެ އިދާރާއެއް، މުއައްސަސާއެއް، އޮފީހެއް ނުވަތަ މިގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ލޯ ޕްރެކްޓިސްއެއް ނުވަތަ ލޯ ފާރމްއެއްގައި އަހަރު ދުވަހުގެ ތަމްރީނެއް ހޯދުން ހިމެނެއެވެ.

ގާނޫނުގައި މިހާރު އޮތް ގޮތުން ގާނޫނީ ޚިދުމަތްދޭ ތަނެއްގައި އަހަރު ދުވަހުގެ ތަޖުރިބާ ހޯދަން ޖެހޭއިރު، ތަމްރީން ހޯދަން ޖެހެނީ ގާނޫނުން ކަނޑައަޅާ މިންގަޑަކަށް ފެތޭ ތަޖުރިބާހުރި ގާނޫނީ ވަކީލެއްގެ ބެލުމުގެ ދަށުގައި މަސައްކަތް ކޮށްގެންނެވެ. ގާނޫނުގައި ބުނެފައިވަނީ ތަމްރީން ފޯރުކޮށްދޭ ވަކީލަކީ މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.

މިކަމުގައި ދަރިވަރުންގެ މައިގަނޑު ޝަކުވާއަކަށް ވެފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ތަމްރީން ހޯދުމުގައި މިހާރު ގައުމުގައި ތިބި ތަޖުރިބާކާރު ގާނޫނީ ވަކީލުންގެ ކިބައިން އެއްބާރުލުން ނުލިބުމެވެ. މަދުވެގެން ފަސް އަހަރުގެ ތަޖުރިބާހުރި، ކުދިންގެ އަދަދާއި އަޅާ ބަލާއިރު މިކަން ކުރެވޭނެ ވަރުގެ އެކަށީގެންވާ އަދަދެއްގެ ވަކީލުން ނެތްކަމަށް ދަރިވަރުން ބުނެއެވެ.

މިމައްސަލާގައި ބާ ކައުންސިލުން ބުނަމުން އަންނަނީ ޤާނޫނުގައި އެގޮތަށް ބަޔާންވެގެންވާތީ އެހެން ގޮތަކަށް އަމަލުކުުރުމުގެ ފުރުސަތެއް ބާ ކައުންސިލަށް ނެތްކަމަށެވެ. މިމައްސަލާގައި މީގެކުރިންވެސް ޤާނޫނީ ވަކީލުކަން ކިޔަވަމުންދާ ކުދިންނާއި ކިޔަވާ ނިމިފައި ތިބި ކުދިން ވަނީ އެކުދިންގެ ޝަކުވާތައް ޖުޑީޝަރީ ކޮމިޓީއާ ހިއްސާކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް