Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 14:46
އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު
އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު
ފިޝަރީސް މިނިސްޓްރީ
މަސްވެރިކަން
ގަވާއިދާއި ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާއި ބެހޭ ގަވާއިދު ތަންފީޒުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި
ޤާނޫނާއި ޤަވާއިދާ ޚިލާފަށްބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވާނެ
ޤާނޫނާއި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުފަހަރުގެ ހަރަކާތްތައްހުއްޓުވާނެ
އެފަދަ އުޅަނދުފަހަރުން ތަފާތު ބޭނުންތަކަށް ދިވެހިރާއްޖޭގެ ބަނދަރުތައް ބޭނުންކުރުން ހުއްޓުވިގެން ދާނެ

ގަވާއިދާއި ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާއި ބެހޭ ގަވާއިދު ތަންފީޒުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސްއާއި މޯލްޑިވިސް ކަސްޓަމްސް އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ،

މިކަމާއި ގުޅިގެން ދެ އިދަރާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވެވުނު އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށްބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ޤަވާއިދު ގައި ކަނޑައަޅާފައިވާ ކަންތައްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިންތަންފީޒުކުރުމަށް ދެ އިދާރާ ގުޅިގެން މަސައްކަތްކުރުންކަމަށެވެ.

ހަވާލާދީފައިވާ ގަވާއިދު، ޤަވާއިދު ނަންބަރު 4/2000-R ދަށުން، މަސްގަތުމަށް ނުވަތަ މަސް ބަރުކުރުމަށް ނުވަތަ އެހެނިހެން ބޭނުމަކަށްވެސް ރާއްޖޭގައި ބަނދަރުކުރުމަށް އަންނަ ބޭރު ގައުމުތަކުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި، މަސްއުފުލާ ކެރިއަރު ނުވަތަ ”ރީފަރވެސަލް" ފަދަ އުޅަނދުފަހަރަށް އެތެރެވުމާއި ބޭރުވުމުގެ ހުއްދަ ދިނުމާއި، އެފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމުގެ ކަންކަން ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަސް ބަޔާނުގައިވެއެެވެ.

Advertisement

އަދި މިގޮތުން އަޅާފިޔަވަޅުތަކުގެ ސަބަބުން، ޤާނޫނާއި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުފަހަރުގެ ހަރަކާތްތައްހުއްޓުވައި، އެފަދަ އުޅަނދުފަހަރުން ތަފާތު ބޭނުންތަކަށް ދިވެހިރާއްޖޭގެ ބަނދަރުތައް ބޭނުންކުރުން ހުއްޓުވިގެން ދާނެއެވެ.

އެމް.އޯ.ޔޫގެ ދަށުން މިނިސްޓްރީއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އެއްބަސްވާ މައިގަނޑުކަންތައްތަކަކީ، ގަވާއިދުގެ ދަށުން ރާއްޖޭގައި ބަނދަރުކުރާ ބޭރުގެ މަސްވެރި އުޅަނދުފަހަރާއި މަސްއުފުލާ ކެރިއަރު ފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމާއި، ބޭރުގެ މަސްބަރު ކުރާ ކެރިއަރުތަކަށް މަސްބޭރުކުރުމަށް ރާއްޖޭގެ ޕޯޓްތަކުގައި ކުރިއަށް ގެންދާ އޮޕަރޭޝަންތައް މޮނިޓަރކުރުމުގައާއި، އިންސްޕެކްޝަން އޮފިސަރުންންނަށް ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމާއި ކަމާގުޅޭ މަޢުލޫމާތު ބަދަލުކުރުމުގައި ދެ އިދާރާއިން ގުޅިގެން މަސައްކަތްކުރުންކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް