ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 15:28
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓްވިޓަރ
ޓޫރިޒަމް މިނިސްޓަރު
ކޮންމެ އަހަރަކުވެސް ރިސޯޓްތައް މޮނިޓަރ ކުރަމުންދާނަން: މިނިސްޓަރު އަލީ ވަހީދު
އަހަރަކު އެއްފަހަރު، މޮނިޓަރިންގ އެންޑް ސޭފްޓީ އޮޑިޓެއް ހަދާނެކަމަށް މިނިސްޓަރު ވިދާޅުވި
މިދިޔަ އަހަރުގެ ރިޕޯޓާއި ގުޅިގެން 13 ރިސޯޓަކަށް ކަންކަން ރަނގަޅު ކުރަން ވާނީ އަންގާފައި
މާލެ އޭރިއާއިން ދެން ރިސޯޓެއް ނުހަދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މޮނިޓަރިންގ އެންޑް ސޭފްޓީ އޮޑިޓެއް ހަދާ ނިންމާފައިވާ ކަމަށާއި، އަދި މިނިމަމް ސްޓޭންޓަޑު ނެތުމުން އެކަންކަން އިސްލާހު ކުރުމަށް 13 ރިސޯޓަކަށް އަންގާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި، ކ. ތުލުސްދޫގައި ބޭއްވި "ކޮރަލް ފެސްޓިވަލް ޕެނަލް" ގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ތިމާވެއްޓާ ގުޅުންހުރި ކަމެއް ވިޔަސް، ސެކިއުރިޓީ، އަދި ދިވެހިން ވަޒީފާގައި ބައިތިއްބަންޖެހޭ މިންގަނޑުތައް ވިޔަސް ކޮންމެ އަހަރަކު އެއްފަހަރު ރިސޯޓްތައް މޮނީޓަރ ކުރަމުންދާނެ ކަމަށެވެ.

ކުރިން އަޅުގަނޑަކަށް ހިޔެއްނުވޭ، ރާއްޖޭގައި ތާރީހުގަ ދުވަހަކުވެސް، ތިމާވެށީގެ އިޝޫއެކޭ ކިޔާފަ ރަށެއް ހުއްޓުވާފަ އޮތްހެނެއް. އެހެންނަމަވެސް އަޅުގަނޑުމެންވާނެ ހުވަދު އަތޮޅު ވޮޑެގެއްލާ އަދި ބ. އިންނަފުށި، ހަމަ ތިބޭފުޅުން، ތިމާވެށި ހިމާޔަތް ކުރައްވާ މަންދޫބުން، އަޅުގަނޑުމެންގެ ރައްޔިތުންގެ ކަންބޮޑުވުން އުފުލުމާއެއްކޮށް އެއަޑުތައް އަހާ އެ އެގްރީމެންޓްތައް މިހާރު ވަނީ ބާޠިލްކޮށް، އެއަށް ދޭންޖެހޭ ބަދަލު ދިނުމުގެ މަސައްކަތްވެސް މިހާރުވަނީ ގާތްގަނޑަކަށް ނިންމާފަ،
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ގިނަ ރިސޯޓްތައް ހުރީ މާލެއާއި މާލެ ކައިރި އަތޮޅުތަކުގައި ކަމަށާއި، ހދ އަތޮޅު ފަދަ މާލެއާ ދުރު އަތޮޅުތަކަށް ދިޔުމުން، އެ އަތޮޅުގައި ރިސޯޓުތައް ނެތުމުން އެ އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށެވެ. އަދި ސަރުކާރުގެ ޢަމާޒަކީވެސް މާލެ ޞަރަަޙައްދުން އިތުރަށް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ފަޅެއް ވިޔަސް ދޫނުކުރުން ކަމަށާއި ސަރުކާރު ޢަމާޒު ހިފާފައިވަނީ ރިސޯޓްތައް މަދު މާލެއާ ދުރު އަތޮޅުތަކުގައި ވެސް ރިސޯޓުތައް ތަރައްޤީ ކުރުން ކަމަށެވެ.

"އަޅުގަނޑުމެން ދޭންބޭނުންވާ ޔަގީން ކަމަކީ ރަށެއް، ނެރެންށޭ (ރިސޯޓެއް ތަރައްގީ ކުރަންށޭ) ކިޔާފައެއް އަޅުގަނޑުމެން ރަށެއް ނުނެރޭނަން. ޖުމްލަ 21 ރަށް އެއީ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ދަތުރުތަކުގައި ވެސް އެކި ރަށްރަށުން ރިކުއެސްޓް އައިއްސަ، ރިސޯޓް ހަދަން އޮތް 21 ރަށް. އެއީ ކުޑަ އަދަދެއް ނޫން. އެހުރިހާ ރަށެއް އަޅުގަނޑުމެން އެއޮތީ ރިސޯޓް ނަހަދަން ނިންމާފަ. އެއަށްފަހު، އަޅުގަނޑުމެން ތިން ވަނަ ޕާޓީއެއް މެދުވެރިކޮށް، އިކޮނޮމީ އެސެސްމަންޓާއި ސޯސަލް އެސެސްމަންޓް ހަދާފަ މިފަހަރު މިނެރޭ ރަށްތައް މިނެރެނީ،"
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ޢަލީ ވަހީދު ވިދާޅުވީ 35،000 އެނދު އިތުރު ކުރުމަށް ރައީސް ޞާލިޙު ވަޢުދުފުޅެއް ވެސް އެބައޮތްކަމަށާއި ޓޫރިސްޓް އެނދު އިތުރުކުރާއިރު، މަލޭ އޭރިއާގައި އިތުރު ރިސޯޓް ތަރައްޤީކުރަން ތަނެއް ދޫނުކުރާނެ ކަމަށެވެ.

އަޅުގަނޑުމެންގެ އެބައޮތް 35،000 އެނދު ގެނައުމުގެ ވައުދެއްވެސް. އެހެންނަމަވެސް އެކަން އަޅުގަނޑުމެން މިފަހަރު ކުރާއިރު، މާލޭ އޭރިއާއަކަށް އިތުރު ރިސޯޓެއް އަޅުގަނޑުމެން ދުލެއް ނުކުރާނެ. ޓޫރިޒަމް އޯވަރ ފްލަޑްވަމުންދާ ތަންތަނަށް އެކަން ނުކުރާނެހެން މިކުރަނީ. އެހެންވީމާ ސިޔާސީ ވިސްނުމެއްގައި، ނުވަތަ ރަށެއް ނެރުމުގެ ވިސްނުމެއްގައެއް މިސަރުކާރުން ރަށެއް ނުނެރޭނެ. ރައްޔިތުންގެ ތިބީ ރާއްޖޭގެ 20 އަތޮޅަށް ބެހިފަ، އެރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ރައްޔިތުންގެ މަންދޫބުންގޮތަށް ސަރުކާރުން ނެރޭ ރަށެއް ނެރޭނީ،
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

އަލީ ވަހީދު ވިދާޅުވީ، ރައީސް ޞާލިހު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު، ޓޫރިޒަމް މިނިސްޓްރީގައި، ރިސޯޓެއްގައި ތިބީ ކިތަން ދިވެހި މުވައްޒަފުންކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށެވެ. އަދި ރައީސް ޞާލިހު ސަރުކަރާ ހަވާލުވެވަޑައިގެންނެވިއިރު، ރިސޯޓް ތަރައްގީކުރަން ދޫކޮށްފައިވާ 70 ރަށެއް ހެދުން ހުއްޓިފައި އޮތް ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، ރިސޯޓެއް ހަދަން ރަށެއް ދޫކުރުމަށްފަހު، ރައީސް ޞާލިހުގެ ސަރުކާރުން މޮނިޓަރ ކުރަމުންދާނެ ކަމަށާއި އަދި މޮނީޓަރ ކުރުމަށްފަހު، އަހަރަކު އެއްފަހަރު އޮޑިޓް ރިޕޯޓެއްވެސް އެކުލަވާލެވޭނެ ކަމަށެވެ.

- ކޮމެންޓް
26 ފެބްރުއަރީ 2020 | ބުދަ 21:03
ޚަނު
4 މުއައްޒަފުން ލައިގެން ތިކަމެއް ނުވާނެ.