Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 23:33
އައު އޮފީހުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
އައު އޮފީހުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފެނަކަ ކޯޕަރޭޝަން
ގއ.ގެމަނަފުށި
ގެމަނަފުށިގައި އަލަށް އިމާރާތްކުރާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި
120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ
މިމަޝްރޫއަށް 1،986،077.01 ރުފިޔާ ހަރަދުވާނެ

ގއ. ގެމަނަފުށިގައި އަލަށް އިމާރާތްކުރާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އަންގާރަ ދުވަހު ބިންގާ އަޅުއްވާ ދެއްވާފައި ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އަހްމަދު ސައީދެވެ.

ފެނަކައިން ބުނީ ގެމަނަފުށިގައި އަލަށް އިމާރާތްކުރާ އޮފީސް އިމާރާތުގެ މަސައްކަތްކުރަނީ އަފަމި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ. މިމަސައްކަތް އަފަމި ކުންފުންޏާ ހަވާލުކުރީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

Advertisement

މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މުހައްމަދެވެ. އަފަމި މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަމީން މުހައްމަދެވެ.

މިމަޝްރޫއަށް 1،986،077.01 (އެއްމިލިއަން ނުވަލައްކަ އަށްޑިހަ ހަހާސް ހަތްދިހަ ހަތްރުފިޔާ އެއްލާރި) ޚަރަދުވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް