Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 23:37
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޮރަލް ފެސްޓިވަލްގައި
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޮރަލް ފެސްޓިވަލްގައި
އަމަން ހަލީމް
ރިސޯޓް ތަރައްގީއަށް ދޫކުރާ ރަށްތަށް
ރަށްތަށް ދިނުމުގައި އިސްކަންދޭނީ ތިމާވެއްޓާ ރައްޓެހި ރިސޯޓު ތަރައްގީގެ ހުށައެޅުންތަކަށް
ބަނދަރު ނުހިމަނާ ހުށައަޅާ ރިސޯޓް ތަރައްގީގެ ހުށައެޅުންތަކަށް މަރކްސް ލިބޭނެ
ބަނދަރު ހަދާނަމަ ހުށައެޅުމުން 10 އިންސައްތަ މަރކްސް ކެނޑޭނެ
ތިމާވެއްޓަށް ބަލާފައި ރިސޯޓް ތަރައްގީކުރުމަށް ހުޅުވާލި ލިސްޓުން ބައެއް ރަށްތައް އުނިކޮށްފައިވާނެ: އަލީ ވަހީދު

ރިސޯޓް ހެދުމަށް މިހާރު ހުޅުވާލާފައިވާ ރަށްތަކަށް ބިޑް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ބަޔަކު ހޮވާނީ ހުށައަޅާ ފައިސާގެ އަދަދުން ނޫން ކަމަށާއި، މަތިން މަރކްސް ލިބޭނީ ތިމާވެއްޓާ ރައްޓެހި ހުށައެޅުންތަކަށް ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

އަލީ ވަހީދު މިކަން ހާމަކުރެއްވީ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ފަރާތުން އިންތިޒާމުކޮށްގެން ތުލުސްދޫގައި ކުރިޔަށް ގެންދިޔަ ކޮރަލް ފެސްޓިވަލްގެ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ. ތިމާވެއްޓާ ރައްޓެހި ހުށައެޅުންތަކުގެ ގޮތުގައި ބަލައިގަންނަ ހުށައެޅުމެއްގެ މިސާލު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ބަނދަރަކާއި ނުލާ ތަރައްގީކުރަން ނިންމާ ރިސޯޓު ތަރައްގީގެ ހުށައެޅުންތަކަށް މަތިން މަރކްސް ލިބޭނެ ކަމަށެވެ.

ކިތަންމެ ބޮޑު ފައިސާގެ އަދަދެއް ހުށައެޅި ކަމުގައިވީ ނަމަވެސް މަރކްސް ދިނުމުގައި އިސްކަންދޭނީ ތިމާވެއްޓާ ރައްޓެހި ހުށައެޅުންތަކަށް
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ބަނދަރެއް ހިމަނާފައި ރިސޯޓް ތަރައްގީކުރަން ހުށައަޅާ ފަރާތްތަކުގެ ބިޑުން 10 އިންސައްތަ މަރކްސް ކެނޑޭނެއެވެ. މިއީ އަދުގެ ސަރުކާރުން ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ރިސޯޓްތައް ތަރައްޤީކުރުމަށް އިސްކަންދޭ މިންވަރުގެ ސާފު ހެއްކެއްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އޭގެއިތުރުން އަލީ ވަހީދު ވަނީ ކުރީގެ ސަރުކާރުތަކުން ރިސޯޓްތައް ތަރައްގީކުރަން ދިނުމުގައި، ތިމާވެއްޓަށް ބަލާލުމެއްނެތި ރަށްތަކާއި ހުށައެޅުންތަކަށް ފެހި ސިގްނަލް ދީފައި އޮތުމުން އެކަމަށް ފާޑުވިދާޅުވެފައެވެ. އަދި ކުރިން އެހެން ކަންކަން ކުރެވިފައި އޮތުމަކީ، މިއަދު އެނޫން ގޮތަކަށް ކަންކަން ކުރަންޖެހޭ ސަބަބެއް ނޫންކަމަށް ވިދާޅުވިއެވެ.

ކޮރަލް ފެސްޓިވަލްގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގެ ތެރެއިން

ތިމާވެއްޓަށް ކޮށްފާނެ ގެއްލުމަކާއި ގުޅިގެން، ރިސޯޓް ހަދަން ދޫކޮށްފައިވާ ބައެއް ރަށްތަކާއި، ރިސޯޓް ހަދަން ހުށައަޅާފައިވާ ބައެއް ރަށްތައް ރިސޯޓް ހެދުމަށް ދޫކުރާ ލިސްޓުން އުނިކޮށްފައި ވާނެ ކަމަށެވެ. އޭގެ ތެރޭގައި މިފަހުން ރިސޯޓް ތަރައްޤީއަށް ހުޅުވާލި 29 ރަށް ކަނޑައެޅިއިރު، އެ ލިސްޓުގައި ނުހިމަނާ އުނިކުރި ރަށްތަށް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް