Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 13:01
ކޮރަލް ފެސްޓިވަލްގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ
ކޮރަލް ފެސްޓިވަލްގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ
މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް
ކޮރަލް އިންސްޓިޓިއުޓް
ކޮރަލް ފެސްޓިވަލް: ތިމާވެއްޓަށް އަހުުލުވެރިކުރަން ތަފާތު ގޮތެއް
މި ހަރަކާތް އިންތިޒާމްކުރަނީ ކޮރަލް އިންސްޓިޓިއުޓްގެ ފަރާތުން
ފެސްޓިވަލް ފައްޓަވައިދެއްވީ ރައީސް މުހައްމަދު ނަޝީދު
މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް

ތިމާވެށި ހިމާޔަތްކުރަން އުފައްދާފައިވާ ޖަމިއްޔާއެއް ކަމުގައިވާ ކޮރަލް އިންސްޓިއުޓުން އިންތިޒާމްކޮށްގެން ބާއްވާ ކޮރަލް ފެސްޓިވަލް ފަށައިފިއެވެ.

ކ. ތުލުސްދޫގައި ބާއްވާ މި ފެސްޓިވަލް އަކީ ކޮރަލް އިންސްޓިއުޓްގެ މަސައްކަތުގެ މަގު ޗާޓު އެކުލަވާލުމަށް ބޭއްވި ވަރކްޝޮޕްއަށް ފަހު، ބާއްވާ ހާއްސަ ހަރަކާތެކެވެ. އެގޮތުން މި ފެސްޓިވަލް ފައްޓަވައިދެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ. ކޮރަލް އިންސްޓިޓުއްޓަކީ އެމަނިކުފާނުގެ ނަން މަތީގައި ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ޖަމިއްޔާއެކެވެ.

Advertisement

ލައިވް މިއުޒިކާއި، ވިޔަފާރި ސްޓޯލްތައް ހިމެނޭގޮތަށް ތަފާތު އެކިއެކި ހަރަކާތްތަކާއެކު ކުރިޔަށްގެންދާ މިފެސްޓިވަލްއަކީ އާންމުންނަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އިވެންޓެކެވެ. އެގޮތުން މަޝްހޫރު ފޮޓޯގްރާފަރ ޑަބަލްޑޮޓްގެ ވައިޓް ފަޔަރ އާޓް އެގްޒިބިޝަންއާއި، ޓޮކްސިކްރޫ ސޮބާގެ މިއުރަލް ކުރެހުމުގެ ހަރަކާތްތައެއްވެސް ބައިވެރިންނަށް ފެނިގެންދާނެއެވެ. އޭގެ އިތުރުން އައިލެންޑް ބާޒަރ، ޓޮޑީ އަދި އަވަށްޓެރި ގެލަރީގެ ވިޔަފާރި ސްޓޯލްތަކުން ވިޔަފާރިކޮށްލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ކޮރަލް ފެސްޓިވަލްގައި ހުރި ޓޮޑީގެ ސްޓޯލުން ފަތުރުވެރިއަކު ވިޔަފާރިކުރަނީ

އޭގެއިތުރުން، ޕަރލޭއާއި ވަޑާންފޮށީގެ ޑެމޯންސްޓްރޭޝަންތަކެއްވެސް ފެސްޓިވަލްގެ ތެރެއިން ކުރިޔަށް ދާނެއެވެ. އިތުރު ހަރަކާތްތަކުގެ ތެރޭގައި ބައިވެރިންނަށް ސްނޯކްލިންގ އަދި ރާޅާއެޅުމުގެ ފިލާވަޅުތަކެއްބައި ބައިވެރިވުމުގެ ފުތުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. އަދި އަރޓީ ފިންގަރސްގެ ސްޓޯލުން ކުރެހުމާއި، ޕްރިންޓްމޭކިންގގައި ބައިވެރިވެވޭނެއެވެ.

މި ހަރަކާތުގައި އާންމުންގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ ތަފާތު އެކި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމަށް ތުލުސްދޫއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެއް ދުވަހަށް ކުރިޔަށްގެންދާ ކޮރަލް ފެސްޓިވަލްއަކީ ކޮރަލް އިންސްޓިޓިއުޓްގެ ފަރާތުން ކުރިޔަށްގެންދާ މިފަދަ ފުރަތަމަ ހަރަކާތެވެ. ފަރުތަކާއި މުރަކަތައް ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދީގެން އުފައްދާފައިވާ މިޖަމިއްޔާގެ މަގުސަދަކީ، ދެމެހެއްޓެނިވި މުސްތަގުބަލަކަށް ރާއްޖޭގެ ފަރުތަކާއި މުރަކަތަށް އާލާކޮށް ރައްކާތެރިކުރާނެ ގޮތްތައް ދެނެގަނެ އެކަންކަން ތަންފީޒުކުރުމަށް ރާއްޖޭގެ ކަމާއިބެހޭ އިދާރާތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ގުޅިގެން މަސައްކަތްކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް