ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 08:38
އާސަންދަ އޮފީސް
އާސަންދަ އޮފީސް
ރާއްޖެ އެމްވީ
ފަލަ ސުރުޚީ
އާސަންދައިގެ ދަށުން އެންމެ ގިނައިން ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވަނީ ކެންސަރުބައްޔަށް
2018 ވަނަ އަހަރު 5588 ޕޭޝަންޓުން ރާއްޖެ އިން ބޭރަށް ފަރުވާ ހޯދަން ފޮނުވިފައިވޭ
2019 ވަނަ އަހަރު 7375 ޕޭޝަންޓުން ރާއްޖެއިން ބޭރަށް ފޮނުވިފައިވާ

އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން އެންމެ ގިނައިން ބޭސްފަރުވާގެ ޚިދުމަތް ހޯދާފައިވަނީ ކެންސަރު ބައްޔަށް ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރ އިބްރާހީމް ރަޝީދު ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ރާއްޖެއިން ބޭރަށް ފޮނުވިފައިވަނީ ކެންސަރުބަލީގެ ފަރުވާތަކަށް ކަމަށެވެ. ދެން އެންމެ ގިނައިން ރާއްޖެއިން ބޭރަށް މީހުން ފޮނުވިފައިވަނީ ލޮލުގެ ފަރުވާއާއި، ނާރުގެ ބަލި ތަކުގެ ފަރުވާއާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ފަރުވާއަށް ކަމަށް އެކުންފުނިން ބުނެއެވެ.

ފާއިތުވި ދެ އަހަރަށް ބަލާއިރު 2018 ވަނަ އަހަރު 5588 މީހުން ރާއްޖެ އިން ބޭރަށް ފަރުވާ ހޯދަން ފޮނުވިފައިވާ ކަމަށާއި 2019 ވަނަ އަހަރު 7375 ޕޭޝަންޓުން ފޮނުވާފަައިވެއެވެ. އިބްރާހިމް ރަޝީދު ވިދާޅުވީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ފޮނުވޭނީ ރާއްޖެ އިން ލިބެންނެތް ފަރުވާތަކަށް ކަމަށާއި އެކަން ކަށަވަރުކޮށްދެއްވާނީ ރާއްޖޭގައި އާސަންދައިގެ ޚިދުމަތްދޭ މަރުކަޒުތަކުގައި ތިއްބަވާ އެކަމާއި ގުޅުންހުރި ޑޮކްޓަރުން ކަމަށެވެ.

އަދި ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ފޯމު ހުށަހަޅާތާ 24 ގަޑިއިރު ތެރޭގައި ޖަވާބު އެރުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ފުރިހަމަކޮށް ބޭނުންވާ ހުރިހާ ލިޔެކިޔުމަކާއި އެކު ހުށަހަޅާ ފޯމް ބަލައިގެންނަ ވަގުތުން ފެށިގެން 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ބޭރަށް ފަރުވާއަށް ދިއުމާއި ގުޅޭގޮތުން ޖަވާބު އެރުވޭނެ
- ކޮމެންޓް