Advertisement
ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 23:19
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް 6 ފަންގިފިލާ ކުއްޔަށް ދިން ދާރުލް އިމާމު ބިލްޑިންގް
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް 6 ފަންގިފިލާ ކުއްޔަށް ދިން ދާރުލް އިމާމު ބިލްޑިންގް
ގޫގުލް
އޮޑިޓް ރިޕޯޓް
ކުރީ ސަރުކާރުން އައިލެންޑް އެވިއޭޝަން އޮފީސް ހިންގީ އެއްބަސްވުމާއި ހިލާފަށް، ފައިސާއެއް ނުދައްކާ!
އައިލެންޑް އޭވިއޭޝަނުން ކުލީގެ ފައިސަ އެއްބަސްވުމާއި ހިލާފަށް ނުަދައްކާ
6 މިލިއަން 4 އަހަރު ވި އިރުވެސް ނުދައްކައި
މިނިސްޓްރީއިން އެކަން ދަނެ ހުރެ އެކަމަށް ފިޔަވަޅެއް ނާޅާ

ދާރުލް އީމާން އިމާރާތުގެ 6 ފަންގިފިލާ ފަސް އަހަރު ދުވަހަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ކުއްޔަށް ދިނުމަށް 16 ނޮވެމްބަރ 2016 ވެވުނު އެއްބަސްވުމާއި ހިލާފަށް, އަހަރުތަކަށް ފައިސާ ނުދައްކައިވާކަމަށް އޮޑިޓަރ ޖެނެރަލް ހާމަކުރައްވައިފި އެވެ.

އޮޑިޓަރ ޖެނެރަލް އާދިއްތަ ދުވަހު އާންމުކުރެއްވި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާގޮތުން، ދާރުލް އީމާން އިމާރާތުގެ 6 ފަންގިފިލާ ފަސް އަހަރު ދުވަހަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ކުއްޔަށް ދިނުމަށް 16 ނޮވެމްބަރ 2016 ވަނަ ދުވަހު އެ މިނިސްޓްރީއާއި އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ކުލީގެ ގޮތުގައި ޖުމުލަ 8,000,000 (އަށް މިލިއަން) ރުފިޔާ ދައްކަން ޖެހެއެވެ.

އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން ތިން ދުވަސްތެރޭ މިނިސްޓްރީގެ މިސްކިތު ފަންޑަށް 6,000,000 (ހަ މިލިއަން ރުފިޔާ) ޖަމާ ކުރަންވާނެކަމަށާއި، ބާކީ 2,000,000 (ދެ މިލިއަން ރުފިޔާ) އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން އެއް މަސް ދުވަސް ތެރޭގައި އެ ފަންޑަށް ޖަމާކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އެ ފައިސާގެ ތެރެއިން 2,000,000 (ދެ މިލިއަން) ރުފިޔާ 3 އޭޕްރީލް 2018 ވަނަ ދުވަހު އެ މިނިސްޓްރީއަށް ދައްކާފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއެވެ. އަދި އައިލެންޑް އޭވިއޭޝަނުން އެއްބަސްވުމާއި ހިލާފުވެ، އެއް އަހަރަށް ވުރެން ގިނަ ދުވަސް، 1 މަސް ދުވަހުގެ ތެރޭގައި ދައްކަން އެއްބަސްވެވުނު ފައިސާ ދައްކަން ނެގިކަން ހާމަވެފައިވެއެވެ.

Advertisement

މީގެއިތުރުން، ކުލީގެ ގޮތުގައި މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ޖުމްލަ 6,000,000 (ހަ މިލިއަން) ރުފިޔާ 31 ޑިސެމްބަރ 2018 ގެ ނިޔަލަށް ދައްކާފައިނުވާކަން އޮޑިޓް ރިޕޯޓުން ވަނި ފާހަގަވެފައެވެ. އެ ކުންފުނިން ދައްކަން އެއްބަސްވި ފައިސާގެ ތެރެއިން %75 ނުދައްކައި ދިގުމުއްދަތެއްފާއިތުވެފައިވާތީ، އެޑްވާންސްކޮށް ގަނޑުކޮށް ލިބުނުނަމަ މިނިސްޓްރީއަށް ލިބެންއޮތް މަންފާތައް ނުލިބޭނެކަން ވަނީ ފާހަގަކޮށްފައެވެ. އެހެން ފަރާތްތަކަށް އިމާތުގެ ފަންގިފިލާތައް ކުއްޔަށް ދީފައިވާއަގަށްބަލާއިރު އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ކުޑަ އަގެއްގައި ކުއްޔަށް ދީފައިވަނީ 5 އަހަރު ދުވަހުގެ ކުލި ގަނޑުކޮށް ދައްކަން އެއްބަސްވެފައިވާތީ ކަމަށްޤަބޫލުކުރަ ކަމަށް އޮޑިޓްގައިވެއެވެ. ނަމަވެސް އައިލެންޑް އޭވިއޭޝަނުން ކުޑަ އަގެއްގައި ނަގައި ކުލި ނުދައްކާ މިކަމުގެ ނާޖާއިޒު މަންފާ ނަގާފައިވާކަން ފާހަގަކުރެވެއެވެ.

އޮޑިޓް ރިޕޯޓްގައިވާގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފައިސާ ހޯދުމުގެ މައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަށް މިނިސްޓްރީން މަސައްކަތްވެސް ކޮށްފައެއް ނުވެއެވެ. ފައިސާ ނުލިބި ދިގުމުއްދަތެއް ފާއިތުވެފައިވާއިރު އެއްބަސްވުން އުވާލުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަންވެސް އޮޑިޓްރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނުން މިނިސްޓްރީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދެ ފަރާތުން މަޝްވަރާކޮށް ސެޕްޓެމްބަރ 2019 އިން ފެށިގެން ހަ މަސްދުވަހަށް ބަހާލައިގެން ކޮންމެ މަހަކު 1,000,000 (އެއް މިލިއަން ރުފިޔާ) މިނިސްޓްރީއަށް ދެއްކުމަށެވެ އެއްބަސްވެފައިވާއިރު، ސެޕްޓެމްބަރ، އޮކްޓޯބަރ އަދި ނޮވެމްބަރ 2019 އަށްވާ ޖުމުލަ 3,000,000 (ތިން މިލިއަން) ރުފިޔާ އެ ފަރާތުން އެއްބަސްވެފައިވާގޮތަށް މިނިސްޓްރީއަށް ދައްކާފައިވެއެވެ. ބާކީ 3 މިލިއަން ރުފިޔާ ދައްކާފައިވާކަމެއް އޮޑިޓް ރިޕޯޓުން އެނގޭކަށް ނެތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް