Advertisement
ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 22:05
އެމެރިކާގެ ރައީސްގެ \'\'ޑޫމްސްޑޭ ޕްލޭން\'\' ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި
އެމެރިކާގެ ރައީސްގެ ''ޑޫމްސްޑޭ ޕްލޭން'' ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި
ފޭސްބުކް
އެމެރިކާގެ ރައީސް
އެމެރިކާގެ ރައީސްގެ ''ޑޫމްސްޑޭ'' ޕްލޭން ވީއައިއޭގައި
މި މަތިންދާބޯޓު އާއްމު ގޮތެއްގައި ދަތުރުކޮށް އުޅެނީ އެމެރިކާގެ ރައީސްގެ ބެކްއަޕް ބޯޓެއް ގޮތުގައި
ޓްރަމްޕް ދަނީ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބެކްއަޕް ފްލައިޓެއްގެ ގޮތުގައި ބޭނުންކުރާ ''ބޮއިން E-4'' ނުވަތަ ''ޑޫމްސްޑޭ ޕްލޭން'' ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޕާރކުކޮށްފިއެވެ.

Advertisement

މީ މި ފަހުގެ ތާރީޚެއްގައި އެމެރިކާގެ ރައީސްގެ ''ޑޫމްސްޑޭ ޕްލޭން'' ރާއްޖޭގައި ޖެއްސި ފުރަތަމަ ފަހަރެެވެ. ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެ މަތިންދާ ބޯޓުގައި ދެ ޕައިލެޓުން ވަނީ ރާއްޖެ އައިސްފައެވެ.

ޑޫމްސް ޑޭ ފްލައިޓަކީ ނިއުކްލިއަރ ކާރިޘާ އެއް ނުވަތަ ކުއްލި ނުރައްކާތެރި ޙާލަތުގައި ބޭނުންކުރާ މަތިންދާ ބޯޓެކެވެ. މި މަތިންދާ ބޯޓު ޢާންމުގޮތެއްގައި ބޭނުން ކުރަނީ އެމެރިކާގެ ރައީސް ޤައުމުތަކަށް ދަތުރުފުޅު ކުރައްވާއިރު ބެކްއަޕް ބޯޓެއްގެ ގޮތުގައެވެ. 250 މިލިއަންގެ އަގުހުރި މި މަތިންދާ ބޯޓުގައި ދަތުރަކަށް 160،000 ޑޮލަރު ހޭދަވެއެވެ. މި ބޯޓަކީ ތިބެގެން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުންނަ މީހަކާއިވެސް މުވާސަލާތު ކުރުމުގެ ޤާބިލުކަން ލިބިގެންވާ ބޯޓެކެވެ. ''އީ-ފޯ'' އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައިވަނީ 1970 ވަނަ އަހަރުގެ ފިނި ހަނގުރާމާގެ ދުވަސްވަރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް