Advertisement
ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 16:54
ރިހިވެލި ރިސޯޓުގެ ބީޗް ސަރަހައްދު
ރިހިވެލި ރިސޯޓުގެ ބީޗް ސަރަހައްދު
ބުކިންގ.ކޮމް
ފަތުރުވެރިން
ޔޫކްރޭންގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
މަރުވީ 48 އަހަރުގެ ފިރިހެނެއް

ކ. ރިހިވެލި ރިސޯޓް ކައިރިން ސްނޯކްލިން އަށް ގޮސް އުޅުނު ޔޫކްރެެންގެ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

މަރުވެފައިވަނީ އުމުރުން 48 އަހަރުގެ ފިރިހިނެކެވެ. ފުލުހުން ބުނީ، ފަތުރުވެރިއަކު ގެނބިގެން މަރުވި ހަބަރު ހޯމަ ދުވަހު މެންދުރު 11:39 ހާއިރު ފުލުހަށް ލިބިފައިވާ ކަމަށެެވެ.

Advertisement

ފުލުހުން ބުނީ، އެމީހާ ގުރައިދޫ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މީހާ މަރުވެފައިވަނީ ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ފިޓްޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ދަނީ މި ހާދިސާ ތަހްގީގު ކުރަމުންނެވެ. މި ފަހަކަށް އައިސް ގެނބިގެން ފަތުރުވެރިން މަރުވާ އަދަދު ވަނީ ގިނަވެފައެވެ. ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓޫރިޒަމް މިނިސްޓްރީން ދަނީ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް