Advertisement
ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 14:47
ހޯމް މިނިސްޓަރ އަދި ރައީސް ޔާމީން
ހޯމް މިނިސްޓަރ އަދި ރައީސް ޔާމީން
ރާއްޖެ އެމްވީ
ޔާމީން
ހޯމް މިނިސްޓަރ އިމްރާން ރައީސް ޔާމީނާއި ބައްދަލުކުރައްވައިފި
މިނިސްޓަރ ވަނީ ޔާމީން އާއި ބައްދަލުކުރައްވައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވާފަ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ, މަނީ ލޯންޑްރިންގްގެ ކުށް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ބައްދަލު ކުރައްވައިފިއެވެ.

ކަރެކްޝަނަލް ސާރވިސް އިން ބުނެފައިވަނީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުހައްމަދުފުޅު މާފުށި ޖަލަށް ހޯމަ ދުވަހު ޒިޔާރަތް ކުރައްވާ އާންމު ހާލަތު ބައްލަވާލައްވައިފައިވާކަމަށެވެ. އެގޮތުން، މިޒިއާރަތުގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވައި، ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވާފައިވާކަމަށެވެ.

ޔާމީން އައިޖީއެމްއެޗް ގައި ފަރުވާ ހޯއްދެވުމަށްފަހު އަނބުރާ ޖަލަށް ބަދަލުކޮށްފައިވަނީ އާދިއްތަ ދުވަހުގައެވެ. ކަރެކްޝަންސް އިން ބުނީ ހޮނިހިރު ދުވަހު އައިޖީއެމްއެޗްގައި ހެދުމަށް ހަމަޖެހިފައިވާ ޓެސްޓުތައް ހެދުމަށްފަހު ރައީސް ޔާމީން ދޫކޮށްލާފައިވާކަމަށެވެ. އެއާއެކު އަނބުރާ ޖަލަށް ޔާމީން ގެންގޮސްފައިވާކަމަށް ކަރެކްޝަންސްގެ މީޑިޔާ އޮފިޝަލް "ރާއްޖެ އެމްވީ" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި އެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޔާމީން އޮންނެވީ އައިޖީއެމްއެޗްގައި ޓެސްޓުތަކެއް ހެއްދެވުމަށެވެ.

Advertisement

ޔާމީން އަލުން އަނބުރާ ޖަލަށް ބަދަލުކޮށްފައިވާއިރު ހޯމަ ދުވަހުގެ މެންދުރު ހައިކޯޓުގައި ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޙުކުމްގެ އިސްތިޢުނާފްގެ އަޑުއެހުމެއް ބާއްވާފައެވެ.

އިސްތިޢުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން މިނިވަން ކުރުމުގެ ޢަމުރަކަށްވެސް ޔާމީނުގެ ފަރާތްޕުޅުން މީގެކުރިން ވަނީ އެދިފައެވެ. އެމައްސަލައިގައި ހައި ކޯޓުން ވަނީ އެފަދަ ޢަމުރެއް ނެރެދެވެން ނެތްކަމަށް ނިންމާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް