Advertisement
ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 12:32
ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަލާމްކުރައްވަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަލާމްކުރައްވަނީ
ރައީސް އޮފީސް
ރަށްވެހި ފަތިސް
ދެ ރައީސުން ބައިވެރިވެވަޑައިގަންނަވާ "ރަށްވެހި ފަތިސް" ކެމްޕެއިން ދަތުރުތައް މާޗް މަހު
އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކެންޑިޑޭޓުންނާއި އެބޭފުޅުންގެ ކެމްޕެއިން ޓީމުން ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ފަށާނެ
ދަތުރުތަކުގެ ތަފްސީލް ކުރިޔަށް އޮތް ދުވަސްތަކުގައި ހާމަކުރާާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ދަތުރުފުޅުތައް އަންނަ މަރޗް ފަށާނެކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ކެމްޕެއިން މައި އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ކުރިޔަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައީސް ސޯލިހާއި ރައީސް ނަޝީދު ވަޑައިގެން ކެންޑިޑޭޓުންނާއެކު ރައްޔިތުންނާއި ބައްދަލުކުރައްވައި ދޮރުން ދޮރަށް ހިންގެވުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެއިތުރުން އެކު ރަށްތަކުގައި ޖަލްސާތައްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އަފްޝަން ވަނީ، ދަތުރުތަކުގެ ތަފްސީލް ކުރިޔަށް އޮތް ދުވަސްތަކުގައި ހާމަކުރާާނެކަމަށް ވިދާޅުވެފައެވެ.

Advertisement

އަފްޝަން ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކެންޑިޑޭޓުންނާއި އެބޭފުޅުންގެ ކެމްޕެއިން ޓީމުން ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ފަށާނެކަމަށެވެ.

ކައުންސިލްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވެފައިވާއިރު، 3،000 އެއްހާ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށް އެ ކޮމިޝަނުން ބުރާސްފަތި ދުވަހު ބުނެފައި ވެއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 982 މަގާމަށް ބޭފުޅުން އިންތިހާބު ކުރަންޖެހެ އެވެ. އެމްޑީޕީން ބުނަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، އެމްޑީޕީން ފަށާނީވެސް 60 އިންސައްތަ ގޮނޑިޔާއެކު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް