ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 09:06
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
Raveesh Kumar/ @MaeIndia - twitter
އެމެރިކާ-އިންޑިއާ
އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށް ޓްރަމްޕް އިންޑިއާއަށް ފުރާވަޑައިގެންފި
 
ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެ
 
މި ދަތުރުފުޅުގަައި އިންޑިއާގެ 3 ސޓީއަކަށް ދަތުރުފުޅު ކުރައްވާނެ
 
މި ދަތުރުފުޅަށް ފުރާވަޑައިގަންނަވާފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށް އަނބިކަނބަލުން މެލާނިއާ ޓްރަމްޕާއެކު ވަޑައިގަންނަވައިފިއެވެ.

ޓްރަމްޕް އިންޑިއާއަށް ކުރައްވާ 2 ދުވަހުގެ މި ދަތުރުފުޅަށް ފުރާވަޑައިގަންނަވާފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. އެގޮތުން މި ދަތުރުފުޅުގަައި އިންޑިއާގެ 3 ސޓީއަކަށް ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ވެރިރަށް ދިއްލީ، އާގަރާ އަދި އަހުމަދުއާބާދެވެ.

ޓްރަމްޕްގެ މި ދަތުރުފުޅުގައި އާގަރާއަށް ވަޑައިގެން ތާޖް މަހަލް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އަހުމަދުއާބާދަށް ވަޑައިގެން "ނަމަސްތޭ ޓްރަމްޕް" ނަމުގައި ކުރިއަށްދާ ޙަފްލާއެއްގައި އެއްލައްކައެއްހާ މީހުންނާ ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ބީބީސީގައި ރިޕޯޓްކޮށްފައިވެއެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ރައީސަކު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް އެންމެ ފަހުން ވަޑައިގެންފައިވަނީ 2015 ވަނަ އަހަރުއެވެ. އެއީ އެމރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ކުރެއްވި ރަސްމީ ދަތުރުފުޅެވެ. އެގޮތުން އެ ދަތުރުފުޅުގައި އެމެރިކާއާއި އިންޑިއާއިން ވަނީ ދެ ޤައުމުގެ ގާތް ގުޅުން އިތުރަށް ބަދަހި ކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް