ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 22:59
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ސޯޝަލް މީޑިއާ
ފުވައްމުލަކު އެކްސިޑެންޓް
ފުވައްމުލައް ސިޓީގައި އެކްސިޑެންޓްވި ދެމީހުން އިތުރުފަރުވާއަށް މާލެ ގެންނަނީ
މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 64 އަހަރުގެ ފިރިހެނެއް
ގާޑިއާ ދުއްވީ 32 އަހަރުގެ ފިރިހެނެއް
އެކްސިޑެންޓްގެ މައުލޫމާތު ލިބިފައިވަނީ އާދިއްތަ ދުވަހު އިރުއޮއްސި 7:15 ހާއިރު

ފުވައްމުލައް ސިޓީ ދިގުވާޑު ކްރިކެޓް ސްޓޭޑިއަމް ކައިރީގައި ސައިލަކާއި ގާޑިއަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެމީހުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އާދިއްތަ ދުވަހު އިރުއޮއްސި 7:15 ހާއިރު ކަމަށާއި އެކްސިޑެންޓް ހިނގަން މެދުވެރިވީ ކްރިކެޓް ސްޓޭޑިއަމް ކައިރިން އިރު ހުޅަނގަށް ދުއްވާފައިދިޔަ ސައިކަލެއް، ގާޑިއާ ހުރަސްކުތަން އުޅުމުގެ ތެރޭގައި ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 64 އަހަރުގެ ފިރިހެނެކެވެ. ގާޑިއާ ދުއްވީ 32 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި 32 އަހަރުގެ މީހާގެ ފަޔަށް އަނިޔާވެ އަތުގެ ތެޔޮހަންގޮސް ބޮލުގެ ތެޔޮހަންގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި ސައިކަލް ދުއްވަން އިން މީހާގެ ކޮނޑު ފްރެކްޗަރވެ އެކިވަރުގެ އަނިޔާ ލިބުމުން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

އަދި މި އެކްސިޑެންޓް ހިނގި ވަގުތު ސައިކަލްގެ ފަހަތުގައި އިން 16 އަހަރުގެ އަންހެންކުއްޖާ ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ލައިސެންސް އޮތް ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

- ކޮމެންޓް