ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 21:28
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ފަޒީން
ރަށްވެހި ފަތިސް
"ރަށްވެހި ފަތިސް" ކެމްޕެއިންގައި ވީހާވެސް މަދުން ޕްލާސްޓިކް ބޭނުން ކުރަން ނިންމައިފި
ކެމްޕެއިންގައި ބޭނުންކުރާ މެޓީރިއަލްސް ތަކަކީ ވީހާވެސް މަދުން ޕްލާސްޓިކް ބޭނުންކޮށް ކުރިޔަށް ގެންދާނެ ކެމްޕެއިންއެއް ކަމުގައި އަފްޝަން ވިދާޅުވި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ކުރިޔަށް ގެންދާ “ރަށްވެހި ފަތިސް” ކެމްޕެއިންގައި ވީހާވެސް ބޮޑަށް ތިމާވެއްޓާއި ރައްޓެހި ގޮތަށް ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ކެމްޕެއިންގެ ސްޕޯކްސް ޕަރސަން އަފްޝަން ލަޠީފު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ ތިމާވެއްޓާ ރައްޓެހި ގޮތަށް ކެމްޕެއިންގެ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ވީހާވެސް މަދުން ޕްލާސްޓިކް ބޭނުން ކުރަން ނިންމާފައިވާކަމަށެވެ.

އަދި ޕާޓީއިން ޕްރޮމޯޓުކުރާ ސިޔާސަތުގެ މަތިން އަދި ޚާއްޞަކޮށް “އެޖެންޑާ19” ގައި ވަކާލާތު ކުރަމުން ގެންދިޔަ ކަންތައްތަކާއި އެއްގޮތްވާ ގޮތަށް ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދާ ޕާޓީގެ “ރަށްވެހި ފަތިސް” ކެމްޕެއިންގައި ބޭނުންކުރާ މެޓީރިއަލްސް ތަކަކީ ވީހާވެސް މަދުން ޕްލާސްޓިކް ބޭނުންކޮށް ކުރިޔަށް ގެންދާނެ ކެމްޕެއިންއެއް ކަމުގައި އަފްޝަން ވިދާޅުވިއެވެ. އަދި 21 ފެބްރުވަރީ ވީ ހުކުރު ދުވަހުގެރޭ ބޭއްވި “ރަށްވެހި ފަތިސް” ކެމްޕެއިން ލޯންޗިންގ ޖަލްސާތަކުގައި ބޭނުންކުރި ބެކްޑްރޮޕްތަކަކީ ފޮތިން ހަދާފައިވާ ބެކްޑްރޮޕް ތަކެއްކަމަށާއި މާލެ ޖަލްސާގައި ހަރުކުރި 20 ފޫޓު 40 ފޫޓުގެ ބޮޑު ބެކްޑްރޮޕަކީވެސް ފޮތިކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝަން އިތުރަށް ވިދާޅުވި ގޮތުގައި “ރަށްވެހި ފަތިސް” ޖަލްސާ ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށެވެ.

ސަރުކާރާއި ޕާޓީއާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރައްޔިތުންގެ ޝަކުވާތައް ޙައްލުކުރުމަށް މަސައްކަތް ކުރާނެކަމަށާއި އެކަން ޕާޓީގެ “އެޖެންޑާ19” ގައި ހުށަހެޅި ސިޔާސަތުތަކުން އަދި “އެޖެންޑާ19” ގެ ދަށުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކުގައި ސާބިތުވެގެންދާ ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.

- ކޮމެންޓް