Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 18:09
ކްރިމިނަލް ކޯޓުގައި ކުރިޔަށްދިޔަ ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމުގެ ތެރެއިން
ކްރިމިނަލް ކޯޓުގައި ކުރިޔަށްދިޔަ ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމުގެ ތެރެއިން
ރައީސް ޔާމީން
ޔާމީންގެ އިސްތިއުނާފް ޝަރީޢަތުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލްކޮށްފި
އިސްތިއުނާފްގެ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް
ޔާމީން މިވަގުތު އޮންނެވީ ޓެސްޓުތަކެއް ހެދުމަށް އައިޖީއެމްއެޗް ގައި
މީގެކުރިން ހައި ކޯޓުން ވަނީ ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަންކުރަން ނުފެންނަކަމަށް ނިންމާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ އަޑުއެހުމެއް ހޯމަ ދުވަހު ބޭއްވުމަށް ހައިކޯޓުން ތާވަލްކޮށްފި އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު ކަމަށްވާ 77 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ހައި ކޯޓަށް ހުށަހަޅުއްވާފަ އެވެ.

އިސްތިއުނާފްގެ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ ހޯމަ ދުވަހުގެ މެންދުރު 13:00 ގައެވެ.

Advertisement

ރައީސް ޔާމީންގެ އިސްތިއުނާފްގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކުރިއިރު ޔާމީން މިވަގުތު އޮންނެވީ ޓެސްޓުތަކެއް ހެދުމަށް އައިޖީއެމްއެޗް ގައެވެ. މީގެކުރިން ބޭއްވި އަޑުއެހުމެއްގައި ރައީސް ޔާމީން ވަނީ ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަންޖެހޭ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ކޯޓުގައި ވިދާޅުވެފަ އެވެ.

މީގެއިތުރުން އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން މިނިވަން ކުރުމުގެ އަމުރަކަށްވެސް ޔާމީންގެ ފަރާތްޕުޅުން މީގެކުރިން ވަނީ އެދިފައެވެ. އެމައްސަލައިގައި ހައި ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް