Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 17:12
އެޗްއާރުސީއެމްގެ ރައީސާ އައިމިނަތު އީނާސް
އެޗްއާރުސީއެމްގެ ރައީސާ އައިމިނަތު އީނާސް
ޔޫސުފް ސޮފްވާން ރަޝީދު
އެޗްއާރުސީއެމް
އޮކްޓޯބަރުން ޑިސެމްބަރަށް 136 މައްސަލަ ހުށަހެޅިފައިވޭ: އެޗްއާރުސީއެމް
އެ މުއްދަތުގެ ތެރޭގައި 180 ބަޔާން ނަގާފައިވޭ
ކޮމިޝަނުން އިސްނަގައިގެން 29 މައްސަލައެއް ބަލާފައިވޭ
ކޮމިޝަނުން 88 މައްސަލަ ބަލައި ނިންމާފައިވޭ

2019 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ޑިސެމްބަރާއި ހަމަޔަށް 136 މައްސަލަ ހުށަހަޅާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމް އިން އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާލާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ޑިސެމްބަރު މަހަށް 139 މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާފައިވެއެވެ. އެޗްއާރުސީއެމްއިން ބުނީ އެ ކޮމިޝަނުން އިސްނަގައިގެން 29 މައްސަލައެއް ބަލާފައިވާކަމަށެވެ.

އެ ކޮމިޝަނުން ބުނީ ލާއިންސާނީ އަނިޔާގެ 14 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމާއި ގުޅޭ 3 މައްސަލައަކާއި ސިއްހަތާއި ގުޅޭ 13 މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ. އަދި އާއިލީ 5 މައްސަލައަކާއި މަސައްކަތްކުރުމާއި ގުޅޭ 1 މައްސަލައެއްގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ގުޅޭ 3 މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ.

Advertisement

އަދި ކުޑަކުދިންނާއި ގުޅޭ 10 މައްސަލައެއް އެ މުއްދަތުގެ ތެރޭގައި ހުށަހެޅިފައިވާއިރު އުނގެނުމާއި ގުޅޭ ދެ މައްސަލައަކާއި ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ 6 މައްސަލަވެސް ހިމެނެއެވެ. އަދި އިގްތިސާދީ 5 މައްސަލައަކާއި ފުލުހުންނާއި ގުޅޭ 18 މައްސަލައެއް ހިމެނެއެވެ. މީގެއިތުރުން، ޝަރީއަތާއި ގުޅޭ 17 މައްސަލަ ހިމެނޭއިރު ބަންދުކުރެވިފައިވާ ފަރާތްތަކުގެ ސިއްހީ ކަންކަމާއި ގުޅިގެން 20 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި ގައިދީންނާއި ގުޅޭ 14 މައްސަލައެއް ހިމެނެއެވެ.

އެޗްއާރުސީއެމް އިން ބުނީ އެ މުއްދަތުގެ ތެރޭގައި 180 ބަޔާން ނަގާފައިވާނެ ކަމަށާއި އަދި އެކި މައްސަލަތައް ބެލުމަށް 39 ޒިޔާރަތްކޮށްފައިވާނެ ކަމަށެވެ. އަދި އެ ކޮމިޝަނުން 88 މައްސަލަ ބަލައި ނިންމާފައިވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް