Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 15:37
ޓީއެމްއޭގެ ފްލައިޓެއް
ޓީއެމްއޭގެ ފްލައިޓެއް
ޓްވިޓަރ
ޓީއެމްއޭ
ސަރުކާރާ މަޝްވަރާކޮށްގެން، މަސައްކަތްކުރާނީ ޚިދުމަތް ކުރިއަށްގެންދެވޭނެފަދަ ހައްލެއް ހޯދުމަށް: ޓީއެމްއޭ
އެމްއޭސީއެލްގެ އައު ބޯޑުން ވަނީ ކުރިން ވެފައިވާ އެއްބަސްވުން ރަނގަޅުކަމަށް ބުނެފައި
އާބޯޑުން ވެސް ކުރިން ވާހަކަ ދެކުވުނު ގޮތަށް އެއްބަސްވެފައިވޭ
މަސައްކަތްކުރާނީ ކަސްޓަމަރުންނަށް ދެމުންދާ ފުރިހަމަ ޚިދުމަތް ކުރިއަށްގެންދެވޭނެފަދަ ހައްލެއް ހޯދުމަށް

ސަރުކާރާ މަޝްވަރާކޮށްގެން، މަސައްކަތްކުރާނީ ކަސްޓަމަރުންނަށްދެމުންދާ ފުރިހަމަ ޚިދުމަތް ކުރިއަށްގެންދެވޭނެފަދަ ހައްލެއް ހޯދުމަށްކަމަށް ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އިން ބުނެފިއެވެ.

ސަރުކާރުން ހުށަހަޅާފައިވާގޮތަށް، އެމްއޭސީއެލް އިން ހަދާ އައު ސީޕްލޭން ޓާމިނަލް، ޓީއެމްއޭއަށް ދެއަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާއިރު، ޓީއެމްއޭއިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ ސީޕްލޭން ޓާރމިނަލް އިން ޖާގަ ދޫކުރުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތައް ކުރިއަށް ގެންދެވުނީ ހަމައާއި އުސޫލުގެ ތެރެއިން، ގުޑް ފެއިތުގައި އެމްއޭސީއެލްގެ އޮތޮރައިޒްޑް މަންދޫބަކާއި ޓީއެމްއޭ ގެ އޮފިޝަލުންނާއި ދެމެދުކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ އެމްއޭސީއެލްއާއި ނެގޯޝިއޭޓްކޮށް ވެވުނު އެއްބަސްވުމަކީ ޓީއެމްއޭގެ ފުޅާވަމުން އަންނަ އޮޕަރޭޝަނަށް އެކަށޭނެ ޖާގައެއް ލިބޭނެ އެއްބަސްވުމެއްކަމަށެވެ. އަދި ސަރުކާރާއި މަޝްވަރާކޮށްގެން، އެ ކުންފުނިން މަސައްކަތްކުރާނީ ކަސްޓަމަރުންނަށް ދެމުން ދާ ފުރިހަމަ ޚިދުމަތް ކުރިއަށްގެންދެވޭނެފަދަ ހައްލެއް ހޯދުމަށްކަމަށް ކުންފުނިން ބުންޏެވެ.

Advertisement

ޓީއެމްއޭއަށް އެމްއޭސީއެލްއިން ފޮނުވާފައިވާ ސިޓީތަކުގައި ސޮއިކޮއްފައިވަނީ އެކުންފުނީގެ ޖެނަރަލް މެނޭޖަރ ކޮމާޝަލް، ހުސެއިން ފަޒީލުކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ސިޓީތަކުގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އާދިލް މޫސަ އާއި ކުންފުނީގެ ބޯޑުން އެޕްރޫވް ކުރެވިފައިވާ ކަންކަން ކަމުގައި، އޭރު ޓީއެމްއޭއަށް، އެތައް ފަހަރެއްގެ މަތިން، އެމްއޭސީއެލްއިން ޔަގީންކަން ދީފައިވާކަމަށެވެ.

މީގެއިތުރުން، ވެރިކަން ބަދަލުވެ ސަރުކާރުން އެކުލާވާލި އާ ބޯޑުން ޔާމީންގެ ދައުރުގައި އެމްއޭސީއެލް އިން ނިންމާފައިވާ ނިންމުންތައް ރިވިއު ކުރަން ފުރުސަތު ލިބިފައިވާއިރު، އާ ބޯޑުންވެސް، އެތައް ފަހަރެއްގެ މަތިން، ކުރިން ވެވިފައިވާ ކޮމިޓްމަންޓްތައް ރަނގަޅުކަމަށާއި އެކޮމިޓްމަންޓްތައް ފުއްދާދޭނެކަމުގެ ޔަގީންކަން ދީފައިވާކަމަށް ބަޔާނުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް