Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 15:13
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
މަޖިލިސް
ނޫމަޑި މައްސަލަ
ރައީސް އޮފީހުގައި އޮންނަ ސެޓުލްމަންޓް ކޮމެޓީގެ މައްޗަށް ދައުވާކުރާ ދުވަސް އަދިއަންނާނެ: ޝިޔާމް
ބާތިލް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން، މުއިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގައި
ދިވެހި ދައުލަތާ ދެކޮޅަށް މުއިއްޒު ވަނީ ނޫމަޑިއަށް ބަޔާނެއް ދީފައި
މުއިއްޒުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނަ ސްޓެލްމަންޓް ކޮމެޓީގެ މައްޗަށް ދައުވާ ކުރާނެ ދުވަސް އަދި އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމް ނައިބު ރައީސް އަހުމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ޝިޔާމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ނޫމަޑިން ދައުލަތަށް ދައްކަންޖެހޭ 92 މިލިއަން ރުފިޔާ ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ހެޔޮފުޅުކަމުން ކޯޓުން ބޭރުން ނޫމަޑިއަށް ދެއްވައިފި ކަމަށެވެ.

Advertisement

ރައީސް އޮފީހުގައި އޮންނަ ސްޓެލްމަންޓް ކޮމެޓީއަށް ނިސްބަތްކުރައްވާ ޝިޔާމް ވިދާޅުވީ، ތިޔަ ސްޓެލްމަންޓް ކޮމެޓީ ގޮވައިގެން ދިވެހި ރައްޔިތުން ދައުވާ ކުރަނެ ދުވަސް އަދި އަންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ މާލިއްޔާ ހުސްކުރަނީ ރޯމާ ދުވާލު ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އެގޮތަށް ވިދާޅުވިއިރު، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އަންސްތާލްތް (ނޫމަޑި)އަށް ގެއްލުމުގެ ބަދަލު ދިވެހި ސަރުކާރުން ދޭންޖެހުނީ ނޫމަޑިއާއެކު ދިވެހި ސަރުކާރުންވި ދެ އެއްބަސްވުމެއް ބާތިލް ކުރުމުން ނެވެ. އެ އެއްބަސްވުންތައް ބާތިލް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ބާޠިލުކުރި ދެ އެއްބަސްވުމެއްގެ މައްސަލަ ނޫމަޑިން ވަނީ ނެދަލޭންޑްސްގެ ދަ ހޭގަންގައި ހުންނަ ޕާރމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައެވެ. އެމައްސަލަތަކުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (849،750،000ރ) ދައްކަން ޖެހުނެވެ. އެފައިސާ މިސަރުކާރުން ވަނީ ދައްކާފައެވެ.

އެއްބަސްވުން އުވާލި މައްސަލަތަކުގައި ނޫމަޑިން، އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާ ވާހަކަ ދައްކައި ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ.

ނޫމަޑިއަށް ފައިސާ ދީ ޚަލާސްކުރި އިރު، ދައުލަތަށް އެ ކުންފުނިން 92 މިލިޔަން ރުފިޔާ ދައްކަން އެބަ އޮތްކަމަށް ވެސް ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ. އެ ފައިސާ ދެއްކި ކަމަކަށް ފިނޭންސް މިނިސްޓްރީން ނުވަތަ ކަމާބެހޭ އެއްވެސް ފަރާތަކުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެެއް ނުވެއެވެ.

ނޫމަޑިއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލް ކުރިއިރު، ހައުސިންގ މިނިސްޓަރަކަށް ހުންނެވީ ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒު ވަނީ ރައީސް ޔާމީންގެ ސަރުކާރު ބަދަލުވުމާއެކު، ނޫމަޑިއާ އެއްކޮށްޅަށް އަދި ދިވެހި ދައުލަތާ ދެކޮޅަށް ބަޔާނެއް ނޫމަޑިއަށް ދީފަ އެވެ.

އެހެންކަމުން ނޫމަޑީގެ މައްސަލައާއި މުއިއްޒުގެ މައްސަލަ ރައްޔިތުންގެ މާލިއްޔަތު ކޮމެޓީން ބެލުމަށްފަހު ނިންމާފައިވަނީ މުއިއްޒުގެ މައްސަލަ ތަހުގީގު ކޮށްދިމަށް ފުލުހުންގެ އިދާރާގައި އެދުމަށެވެ. އެގޮތުން ފުލުހުން މިހާރު ގެންދަނީ މުއިއްޒުގެ މައްސަލަ ތަހުގީގު ކުރަމުން ނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް