Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 12:19
ޅ. ނައިފަރު
ޅ. ނައިފަރު
ޓްވިޓަރ
ފުލުހުން
ޓެރަރިޒަމްގެ މައްސަލައެއްގައި ނައިފަރުގެ 3 ގެޔެއް ބަލާ ފާސްކޮށްފި
މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ފެބްރުއަރީ 21 ވީ ހުކުރު ދުވަހު 17:15 ހާއިރު
ނައިފަރުގައި ދިރިއުޅޭ ތިން މީހެއްގެ ގެ، ހޮނިހިރު ދުވަހު ބަލާފާސްކޮށްފައިވޭ
މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރެވިފައިނުވޭ

ޓެރަރިޒަމްގެ މައްސަލައެއްގައި ނައިފަރުގެ 3 ގެޔެއް ބަލާ ފާސްކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ފެބްރުއަރީ 21 ވީ ހުކުރު ދުވަހު 17:15 ހާއިރުކަމަށެވެ.

ފުލުހުން ބުނީ ޓެރަރިޒަމްގެ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ނައިފަރުގައި ދިރިއުޅޭ ތިން މީހެއްގެ ގެ، ހޮނިހިރު ދުވަހު ބަލާފާސްކޮށްފައިވާކަމަށެވެ. އަދި އެ މައްސަލައިގައި ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.

Advertisement

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރެވިފައިނުވާއިރު، އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާގޮތުގައި އެ މައްސަލައަކީ އެ ރަށުގައި ބާރުގަދަ އެއްޗެއް ގޮއްވާލަން އުޅޭކަމަށް ބުނާ މައްސަލައެކެވެ. މިކަމާއި ގުޅިގެން ނައިފަރު ކައުންސިލާއި ރާއްޖެއެމްވީ އިން ގުޅާލުމުން އެ ކައުންސިލްގެ ރައީސް މުޙައްމަދު ކާރިމް ވިދާޅުވީ އެފަދަ މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް