ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 16:03
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު
ރައީސް އޮފީސް
މާދަރީ ބަހުގެ ދުވަސް
އެކި ބަހުރުވަތައް ބޭނުންކުރުމަކީ ބަސް މުއްސަނދި ވާކަމެއް: ރައީސް
މާދަރީ ބަހުގެ ދުވަހަކީ ފެބްރުއަރީ 21
މިދުވަސް ފާހަގަ ކުރާތާ މިއީ 20 އަހަރު

ދިވެހިބަހުގެ އެކި ބަހުރުވަތައް ބޭނުންކުރުމަށް ތަރުހީބު ދިނުމަކީ ބަސް މުއްސަނދި ވާނެކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޤްވާމީ މާދަރީ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހިންނަށް ފޮނުއްވަމުން ރައީސް ސާލިޙު ކުރައްވާފައިވާ ޓްވީޓްގައިވަނީ ރާއްޖޭގެ އަތޮޅުތަކުގައި ބޭނުންކުރަމުން އަންނަ ދިވެހި ބަހުގެ އެކި ބަހުރުވަތައް ދިރިއުޅުމުގެ އެންމެހާކަމެއްގައި ބޭނުންކުރުމަށް ތަރުހީބު ދިނުމަކީ ދިވެހި ބަސް މުއްސަނދިވެ, ބަހަށް އިތުރަށް ދިރުން ލިބޭނެ ކަމެއް ކަމަށެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މާދަރީ ބަހުގެ ދުވަހެވެ.

އެގޮތުން މިއަދަކީ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރާތާ 20 އަހަރު ފުރޭ ދުވަހަށްވާއިރު، މި އަހަރުގެ މާދަރީބަހުގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރުގެ ދިވެހި ތަރުޖަމާއަކީ "ސަރަހައްދީ އިމެއް ނެތި ބަސްބަސް" އެވެ.

- ކޮމެންޓް