ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 12:41
ވުހާންގެ ހޮސްޕިޓަލެއްގައި ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ
ވުހާންގެ ހޮސްޕިޓަލެއްގައި ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ
ޓްވިޓަރ
ޕާކިސްތާން
ޕާކިސްތާނު ދަރިވަރުން ވުހާން ސިޓީގައި ބައިތިއްބަން ޕާކިސްތާނުން ނިންމީ ރަނގަޅަށް: ޗައިނާ
ވުހާން ސިޓިގައި ތާށިވެފައި ޕާކިސްތާނުގެ 1000 ދަރިވަރުން އެބަތިބި
ނިންމުން ރަނގަޅުކަމަށް ބުނީ ޕާކިސްތާނަށް ކުރިމަތިވެދާނެ ސިއްހީ ހާލަތަކާއިމެދު ވިސްނުމަށް ފަހު

ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާ ޗައިނާގެ ވުހާން ސިޓީގައި ތިބި ޕާކިސްތާނުގެ ދަރިވަރުން އަނބުރާ ޤައުމަށް ނުގެންދަން ޕާކިސްތާނު ސަރުކާރުން ނިންމު ނިންމުމަށް ޗައިނާ ސަރުކާރުން ތާއީދުކޮށްފިއެވެ.

ޕާކިސްތާނުގެ ކަރާޗީގައި ހުންނަވާ ޗައިނާގެ ކޮންސުލް ޖެނެރަލް ލީ ބިޖިއާން ވިދާޅުވީ، ވުހާން ސިޓިގައި ތާށިވެފައި ޕާކިސްތާނުގެ 1000 ދަރިވަރުން އެބަތިބި ކަމަށާއި، އެ ދަރިވަރުން ޕާކިސްތާނަށް ގެނެސްފިނަމަ، އެޤައުމަށް ޞިއްޙީގޮތުން ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެކަމަށެވެ. އަދި ކަރަންޓީން ކުރާނެ މަރުކަޒުތައް ތައްޔާރުނުކުރެވި ހުރެ، އެ ދަރިވަރުން ޕާކިސްތާނަށް ގެނެސްފިނަމަ، ކޮރޯނާވައިރަސްގެ ބަލިމަޑުކަމަކާއި ޕާކިސްތާނަށްވެސް ކުރިމަތިލާންޖެހިދާނެކަމަށެވެ.

އެހެންކަމުން މިދަނޑިވަޅުގައި ޕާކިސްތާނަށްވެސް އެންމެ ރަނގަޅުގޮތަކީ އެ ދަރިވަރުން ވުހާންގައި ބައިތިއްބައިގެން އެހީތެރިވެދިނުންކަމަށް ކޮންސުލް ވިދާޅުވިއެވެ. ޕާކިސްތާނުގެ ނިންމުމަށް ތާއީދުކުރައްވާ ކޮންސުލް ވާހަކަ ދައްކަވާފައި މިވަނީ، ދަރިވަރުންގެ ޢާއިލާތަކުން، އެމީހުން ނުގެނެސްގެން ސަަރުކާރަށް ފާޑުކިޔާ ފިއްތުންތައް ކުރިމަތިކުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް