ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 22:15
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
ދަ އެޑިޝަން
ފުލުހުން
ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ދިވެއްސަކު ހިމެނޭކަމުގެ މައުލޫމާތު ހިއްސާކޮށްފައެއް ނެތް: ފުލުހުން
ލަންކާގައި 4 ދިވެހިން ހައްޔަރު ކުރިކަމުގެ އަޑުތައް ވަނީ ފެތުރިފައި
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގައުމީ ފެންވަރުގައި ދަނީ މަސައްކަތް ކުރަމުން
ބުރާސްފަތި ދުވަހު އެއްވެސް ދިވެއްސެއް ލަންކާއިން ހައްޔަރެއް ނުކުރޭ

ސްރީލަންކާއަށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ދިވެއްސަކު ހައްޔަރުކުރިކަމުގެ އެއްވެސް މަޢުލޫމާތެއް ކަމާ ބެހޭ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ 2020 ފެބްރުއަރީ 20 ވަނަ ދުވަހު ޓެރަރިޒަމްގެ ތުހުމަތުގައި ސްރީލަންކާގައި 4 ދިވެހިން ހައްޔަރު ކުރިކަމުގެ އަޑުތައް ފެތުރިގެން ގޮސްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ ސްރީލަންކާގެ ކަމާއިބެހޭ އިދާރާތަކުން ފުލުހުންނަށް ހާމަކޮށްފައިވާ ގޮތުގައި މިމަހުގެ 20 ވަނަ ދުވަހު އެއްވެސް ދިވެއްސަކު ސްރީލަންކާގައި ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި 2019 އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ޙަމަލާގައި ވެސް އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ސްރީލަންކާގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ފުލުހުންނަށް ކަށަވަރު ކޮށްދީފައި ނުވާކަމަށެވެ.

ފުލުހުން ބުނީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ގުޅުންހުރި އެހެން މުއައްސަސާތަކާއި ގުޅިގެން ޤައުމީ ފެންވަރުގަ އާއި ބައިނަލްއަޤުވާމީ ފެންވަރުގަ ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެސަރވިސްއިން ކުރަމުންދާ ކަމަށެވެ.

- ކޮމެންޓް