ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 21:49
އައްޒައާއި މުއާގެ ކައިވެނީގެ ހަފްލާގެ ތެރެއިން
އައްޒައާއި މުއާގެ ކައިވެނީގެ ހަފްލާގެ ތެރެއިން
ފޭސްބުކް
ކައިވެނިކުރުން
މަޝްހޫރު ދެ ފަންނާނުން މުއާ އާއި އައްޒަ ކައިވެނި ކޮށްފި
މިދެތަރިން ކައިވެކައިވެނިކޮށްފައިވަނީ ލޯބީގެ ގޮތުން ދުވަސްކޮޅަކު ގުޅިގެން އުޅުމަށްފަހު
ދެމީހުންގެ ކައިވެނީގެ ރަނަކީ 30 ރުފިޔާ
މުއާ އާއި އައްޒަވެސް މީގެ ކުރިން ވަނީ ކައިވެންޏެއް ކޮށްފައި

ދިވެހިންގެ މެދުގައި މަގުބޫލު ފިލްމީ ތަރިން ކަމަށްވާ އަބްދުﷲ މުއާޒާއި، މަރިޔަމް އައްޒަ ކައިވެނި ކޮށްފިއެވެ.

މިއަހަރުގެ ތެރޭގައި އަންނަ ރީތި ތާރީޚުތަކުގެ ތެރެއިން މިއަދަކީ އޭގެން އެއްދުވަހެވެ. އެގޮތުން 2022020 ގައި ވަނީ 64 ކައިވެންޏެއް ކޮށްފައެވެ.

ބުރާސްފަތި ދުވަހު މިދެތަރިން ކައިވެނިކޮށްފައިވަނީ ލޯބީގެ ގޮތުން ދުވަސްކޮޅަކު އުޅުމަށްފަހުއެވެ.

ހުޅުމާލޭގައި ބޭއްވި މިކައިވެނި ހަފުލާގައި އައްޒަ ހުރީ ހުދުކުލައިގެ ވަރަށް ރީތި ހެދުމެއްގައެވެ. އަޅި ކުލައިގެ ކޯޓުގައި މުއާ ހުރިއިރު ފޮޓޯތަކުން ވަރަށް އުފާވެރިއެވެ. މީގެ އިތުރުން މިދެފަންނާނުންގެ ރަން ކިޔުމުގެ ހަފުލާ ވެސް ބައްވާފައިވަނީ ވަރަށްވެސް ކުލަގަދަކޮށެވެ. ރަން ކިޔުމުގެ ހަފުލާއަށް ދެމީހުން ލީ ދިވެހި ޘަޤާފީ ހެދުމެވެ. ދެމީހުންގެ ކައިވެނީގެ ރަނަކީ 30 ރުފިޔާ އެވެ.

މިދެތަރިންނަކީ ދިވެހިންގެ މެދުގައި މަޤިބޫލުވި ފިލްމުތަކުގެ ލީޑް ރޯލުން ފެނިފައިވާ ދެފަންނާނުންނެވެ. އަދި މިހާރު ކުރިއަށްދާ ނަހުލާގެ ސީޒަން 02 ގެ ސީޒަންގައި މިދެފަންނާނުން ފެނިގެންދެއެވެ.

މުއާ އާއި އައްޒަވެސް މީގެ ކުރިން ވަނީ ކައިވެންޏެއް ކޮށްފައެވެ.

- ކޮމެންޓް