ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 08:34
ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު
ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު
ރައީސް އޮފީސް
ކުޑަކުދިން
އައު ޤާނޫނާއެކު ކުޑަކުދިންނަށް އިހުމާލުވާ ފަރާތްތައް ޖަވާބުދާރީ ކުރުވޭނެ: ބަންޑާރަ ނައިބު
މި ޤާނޫނު ތަސްދީޤުކޮށްފައިވަނީ 20 ނޮވެމްބަރ 2019 ގައި
މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ހަދަންޖެހޭ ގަވާއިދުތަކެއް ހުރޭ

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ނިޒާމީ ގޮތެއްގައި ކުޑަކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވައި، އިހުމާލުވާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެ އެވެ.

20 ނޮވެންބަރު 2019ވީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި ޤާނޫނު ނަންބަރު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ 20 ފެބުރުވަރީ 2020ވާ ބުރާސްފަތި ދުވަހުގައެވެ. އެހެންކަމުން މިއަދުން ފެށިގެން މިޤާނޫނަށް އަމަލުކުރަން މިވަނީ ފެށިފައެވެ. އެއާއެކު ބަންޑާރަނައިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ، މާދަމާ ޤައުމު ޙިމާޔަތްކުރުން ކަމަށެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުމެވެ. އަދި ކުޑަކުދިންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައްޔާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމަޢާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި، އިޖުތިމާޢީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

- ކޮމެންޓް