ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 02:01
ސަދަން ރީޖަނަލް އޮފީހުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރެދެއްވަނީ
ސަދަން ރީޖަނަލް އޮފީހުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރެދެއްވަނީ
އޮޑިޓަރ ޖެނެރަލް އޮފީސް
އޮޑިޓަރ ޖެނެރަލްގެ އޮފީސް
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސަދަން ރީޖަނަލް އޮފީހުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރެފި
ކައުންސިލްގެ ދައުރުވަނީ ވަރަށް ބޮޑުވެފައި
ތަރައްގީގެ ހަލުވިކޮށް ދެވޭނެ ގޮތަކަށް ކައުންސިލްތަކުގެ ގުޅުންތަކާ އުޅުންތައް ބަހައްޓަންޖެހޭ
2019 ވަނަ އަހަރު އޮޑިޓް ކުރުމަށް ރާވާފައިވަނީ 79 އޮޑިޓެއް

އައްޑޫ ސިޓީގައި ގާއިމް ކޮށްފައިވާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސަދަން ރީޖަނަލް އޮފީހުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓްއިފްތިތާހު ކޮށްފިއެވެ.

ބުދަ ދުވަހު މިރިޕޯޓް ނެރެދެއްވީ އެކަމަށްޓަކައި ގދ. ތިނަދޫގައި ބޭއްވި ޚާއްސަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީއެވެ.

މިޖަލްސާގައި މުގުނީ ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން މިސަރަހައްދުގެ ތަރައްގީއަށް އަދި ރަށަށް ކުރިއެރުންތައް ހޯދުމަށް ކައުންސިލްގެ ދައުރު ބޮޑުވެފައިވާ ކަމަށެވެ. އަދި މިފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ސަރުކާރުން މާނަ ކުރާ ތަރައްގީގެ ތަސައްވުރާދިމާލަށް ހަލުވިކޮށް ދެވޭނެ ގޮތަކަށް ކައުންސިލްތަކުގެ ގުޅުންތަކާ އުޅުންތައް ބެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ.

ސަދަން ރީޖަނަލް އޮފީހުން ގއ. ގދ. ސ. އަދި ޏ. އަތޮޅުގައި ގާއިމް ކުރެވިފައިވާ 151 ދައުލަތުގެ އިދާރާތަކުގެ ތެރެއިން 2019 ވަނަ އަހަރު އޮޑިޓް ކުރުމަށް ރާވާފައިވަނީ 79 އޮޑިޓެވެ.

މީގެ ތެރެއިން 70 އިދާރާގެ އޮޑިޓް ނިންމާ %85 ޓާގެޓް ވަނީ ހާސިލްކޮށްފައެވެ. އަދި މި އޮޑިޓްތަކުގައި ޚަރަދު އަދި އާމްދަނީގެ މައްސަލަތަކުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ގޮތުގައި 3.9 މިލިއަން ރުފިޔާއާއި، ގަވާއިދާ ޚިލާފަށް ދިނުމުގެ ސަބަބުން އަނބުރާ ހޯދަންޖެހޭ ފައިސާގެ ގޮތުގައި 3.7 މިލިއަން ރުފިޔާއާއި، ބަޖެޓް ބާކީ ނުވަތަ އާމްދަނީގެ ގޮތުގައި ޕީ.ބީ.އޭ އަށް އަނބުރާ ފޮނުވާފައިނުވާ ފައިސާގެ ގޮތުގައި 10.4 މިލިއަން ރުފިޔާގެ އިތުރުން ކައުންސިލްތަކުގެ އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ގޮތުގައި 3.4 މިލިއަން ރުފިޔާއެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ގެ ވާހަކަ ފުޅުގައި ސަރަހައްދީ އޮފީހުގެ ސަބަބުން އެ ސަރަހައްދުގެ މާލީ ހިންގުމުގެ ކަންކަން ވަރަށް ބޮޑުތަނުން ރަނގަޅު ވެފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި އޮޑިޓަރުންނަކީ ކުށްހޯދާބައެއްނޫންކަމާ، އެއީ މުއައްސަސާތަކުގެ މާލީ ހިންގުން ހަރުދަނާކުރުމުގައި، މަދަދުވެރި ބައިވެރިއެއްގެ ދައުރު އަދާކުރާ ބައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މިގޮތުން އޮޑިޓަރޖެނެރަލްގެ އޮފީހުން މީހުން ބިނާކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ވެސް ޒިޔަތުވަނީ ފާހަގަކޮށްފައެވެ.

މިޖަލްސާގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިސްވެރިންނާއި މުވައްޒަފުންގެ ޓީމެއްގެ އިތުރުން ގއ. އަދި ގދ. އަތޮޅުގެ ލޯކަލް ކައުންސިލްތަކާއި ތިނަދޫގައި ގާއިމް ކޮށްފައިވާ ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވިއެވެ.

- ކޮމެންޓް