Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2020 | ބުދަ 13:39
މި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވާފައިވަނީ 20 ނޮވެންބަރު 2019 ގަ
މި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވާފައިވަނީ 20 ނޮވެންބަރު 2019 ގަ
ޝުއައިބް މުހައްމަދު އިގްބާލް
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މާދަމާ އިން ފެށިގެން އަމަލު ކުރަނީ
މި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވާފައިވަނީ 20 ނޮވެންބަރު 2019 ގަ
ގާނޫނުން ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދެވޭ

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ބުރާސްފަތި ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.

މި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވާފައިވަނީ 20 ނޮވެންބަރު 2019 ގައެވެ.

އެ ޤާނޫނުގައި ވާގޮތުން އެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ، އެ ޤާނޫނު ތަސްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ. އެހެންކަމުން، މިރޭ މެންދަމު 12 އިން ފެށިގެން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

Advertisement

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭ ގާނޫނުން ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދެވޭނެއެވެ. އަދި އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށް، އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިއުމާއި ފޮސްޓަރ ކުރެވޭ އުސޫލުތައް މި ގާނޫނުގައި ބަޔާންކުރާއިރު ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެކުދިންނަށް އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނޭގޮތްތައްވެސް ކަނޑައަޅާފައިވެއެވެ. އަދި އެ ޙައްޤުތައް ކަށަވަރުކުރުމުގެގޮތުން މިޤާނޫނުގައި ހިމެނޭ ކަންކަން ތަންފީޒުކުރާ މިންވަރު މޮނިޓަރކުރުމަށްޓަކައި އުފައްދަންޖެހޭ މިނިވަން މުސްތަޤިއްލު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް