ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 17:58
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޔޫސުފް ސޮފްވާން ރަޝީދު
ައައު ސީޕްލޭން ޓަރމިނަލް
10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ޓީއެމްއޭއަށް ޖާގަ ދޭން ކޮމިޓީން ފާސްކޮށްފި
އެގޮތަށް ކޮމިޓީއަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
މި ހުށަހެޅުން ފާސްވީ ކޮމިޓީގެ އަޣުލަބިއްޔަތުން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަދާ އައު ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދެއަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީގައި މިގޮތަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. މެމްބަރު ހުށަހަޅުއްވާފައިވަނީ ސަރުކާރުންވެސް މި މައްސަލައާއި މެދު ނިންމާފައިވާ ގޮތަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ވަނީ ޓަރމިނާލް ދޫކުރާނެ ގޮތްތަކެއް މިމަހުގެ ފަސް ވަނަ ދުވަހު ކަނޑައަޅައި އެކަން އެމްއޭސީއެލްއަށް އަންގައިފައެވެ.

ކޮމިޓީން ނިންމާފައިވަނީ ސަރުކާރުންވެސް ނިންމާފައިވާ ގޮތަށް ޓަރމިނަލްގެ 6،400 އަކަމީޓަރުގެ ޖާގަ, އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ޓީއެމްއޭ އަށް ދިނުމަށެވެ.

މީގެ އިތުރުން މެމްބަރު ވިދާޅުވީ ދެއަހަރު ދުވަހުގެ ތެރޭގައި އެމްއޭސީއެލްއިން ޓަރމިނަލް ހިންގުމާއި ހަވާލުވުމަށާއި އެމްއޭސީއެލް އިން ޓަރމިނަލްއާއި ހަވާލުވުމަށް ތައްޔާރުވުމަށް އެންގުމަށް ހުށަހަޅުއްވާފައެވެ. އަދި ބާކީވާ ޖާގަ އެހެން އޮޕަރޭޓަރުންނަށް ޓީއެމްއޭ އަށް ދޭ ރޭޓުން ދޫކުރުމަށާއި ނުނަގާ ބާކީވާ ތަންތައް ބިޑު އުސޫލުން ކުއްޔަށް ދޫކުރާ ގޮތަށް ވެސް މެމްބަރު ހުށަހެޅުއްވިއެވެ.

މެމްބަރު މިގޮތަށް ހުށަހަޅުއްވާފައިވާއިރު ހޯމަ ދުވަހުގެ ރޭ އޮތް މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އެމްއޭސީއެލްގެ ބޯޑު ބަދަލުކޮށްގެން ވިޔަސް ސަރުކާރުން ބޭނުންވާ ގޮތަށް އައު ސީޕްލޭން ޓާމިނަލް ހިންގާނެ ކަމަށެވެ.

ޝަރީފްގެ މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާއެވެ. އަދި މި ހުށަހެޅުން ފާސްވީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ.

- ކޮމެންޓް