Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 03:55
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
ޔޫސުފް ސޮފްވާން ރަޝީދު
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިވުމަށް 141 ފަރާތަކުން ފޯމު ހުށަހަޅައިފި
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ފޯމު ހުށަހަޅާފައިވަނީ 50 ފަރާތަކުން
ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަނޑިއަކީ މިފެބްރުއަރީ މަހުގެ 20 ވަނަ ދުވަސް
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ސުންގަނޑިއަކީ 24 ފެބްރުއަރީ

އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް 141 ފަރާތަކުން ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ފޯމު ހުށަހަޅާފައިވަނީ 50 ފަރާތަކުން ކަމަށެވެ.

Advertisement

ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަނޑިއަކީ, މިފެބްރުއަރީ މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 15:00 އެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ސުންގަނޑިއަކީ 24 ފެބްރުއަރީ ވާ ހޯމަ ދުވަހުގެ 15:00 އެވެ.

އީސީން މީގެކުރިން ބުނެފައިވަނީ ފޯމު ހުށައަޅާތާ 48 ގަޑިއިރު ތެރޭގައި ކެނޑިޑޭސީ ޤަބޫލުކުރިކަން ނުވަތަ ނޫންކަން އަންގާނެ ކަމަށެވެ. އަދި ކެނޑިޑޭސީ މުއްދަތު ހަމަވުމާއެކު ދެން އޮންނާނީ ނަންބަރު ތަރުތީބުކޮށް ގުރުއަތުލުން ކަމަށް އީސީން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި 900 އަށްވުރެ ގިނަ ކައުންސިލަރުންނާއި، އަންހެންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 929 މެންބަރުން އިންތިޚާބު ކުރެވިގެންދާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުތަކާއެކު 3000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް ހިމެނޭ ރަށެއްނަމަ ހަތް ކައުންސިލް މެންބަރުން އިންތިޚާބު ކުރާނެ އެވެ. އަދި ފަސް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކޮންމެ ކައުންސިލެއްގައި ދެ އަންހެން ކައުންސިލް މެންބަރުން ހިމެނުމަށާއި، ހަތް ކައުންސިލް މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލުތަކުގައި ތިން އަންހެން މެންބަރުން ހިމެނުމަށް މިހާރު ޤާނޫނު ލާޒިމު ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް