Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2020 | ހުކުރު 17:40
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން
ޕޮލިސް
ފަތުރުވެރިންނަށް ހަމަލާ ދިނުން
ހުޅުމާލެއިން ފަތުރުވެރިންނަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ހައއްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް
މައްސަލައިގައި މީގެކުރިން ވަނީ ހަރުކަށި ފިކުރުމުގެ 6 މީހަކު ހައްޔަރުކޮށްފަ
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން

މި ހިނގާ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ދިން ހަމަލާއާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނި މި މައްސަލައައި ގުޅިގެން ފެބްރުއަރި 13 ވަނަ ދުވަހު 22 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ފަތުރުވެރިއަކާއި ރާއްޖޭގައި މަސައްކަތް ކުރާ އޮސްޓްރޭލިއާ އަދި ޗައިނާގެ މީހަކަށް ވަޅިން ހަމަލާދިން މައްސަލައިގައި މީގެކުރިން ވަނީ ހަރުކަށި ފިކުރުމުގެ 6 މީހަކު ހައްޔަރުކޮށްފައެވެ. މިހަމަލާގައި އިސްކޮށް އުޅުނު މީހާ ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވަނީ އެމީހުންގެ ވިސްނުން ހުރީ ރާއްޖޭގައި އުޅޭ ފަތުރުވެރިންނަށް ވަރަށް ފުޅާކޮށް ހަމަލާތައް ދިނުމަށް ކަމަށާއި އެކަން އެގޮތަށް ކުރުމަށް ރާވާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހަމަލާ އިންތިޒާމުކުރި ފަރާތްތަކުން ބޭނުންވި ފުޅާމިނުގައި އެކަން ނުކުރެވުނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން، ޚާއްސަކޮށް ފުލުހުން އަޅާފައިވާ ހަރުދަނާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރ އިމްރާން ވަނީ އެކަމުގައި އެންމެ އިސްކޮށް އުޅުނު މީހާއާއެކު އިތުރުބަޔަކުވެސް ހައްޔަރުކޮށްފައިވާކަމަށާއި ފަތުރުވެރިންނަށް ދިން އެހަމަލާއާއެކު އެކަށީގެންވާ ވަގުތެއްގެ ތެރޭގައި އެކަމުގައި ހިމެނޭ ފަރާތްތައް ފުލުހުން ހައްޔަރުކޮށް، ދެން އާންމުކުރި ވީޑިއޯއާގުޅޭ މުހިއްމު ގިނަ މައުލޫމާތުތަކެއް ފުލުހުން ހޯދާފައިވާކަމަށް ވިދާޅުވެފައެވެ.

Advertisement

މިޙަމަލާގެ ޒިންމާ ނެގުމަށް ފަހު، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު، ތިމަންނާމެންމީ އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގެ ގޮފިކަމަށް ބުނެފައިވާ ވީޑިއޯއެއް އާންމުކޮށްފައިވާއިރު މިކަމުގެ ޞައްޙަކަން ކަށަވަރުކުރުމަށް ތަހުގީގު ހިންގަމުންދާކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ. އެ ވީޑިއޯއާ ގުޅޭގޮތުން ބަލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުރި ކަމަށާއި އެ ވީޑިއޯގައި ބިރުވެރިކަން ގެނައުމައްޓަކައި އެހާމަކުރި ހާމަކުރުން، ނުވަތަ އެވިސްނި ވިސްނުން އެގޮތަށް ކުރިއަށް ނުގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި ދިން އެ ހަމަލާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާއިރު، އެ ތިން މީހުންނަށް ހަމަލަދިނީ ހެލްމެޓް އަޅައިގެން ސައިކަލްގައި ދިޔަ ދެ މީހަކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.އެ ޖަމާއަތުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް ދީފައިވާއިރު ނޭޝަނަލް ސެކިއުރިޓީ ކައުންސިލް(އެންއެސްސީ) ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާއި ބައްދަލުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް