Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2020 | ހުކުރު 15:25
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
އެމްއޭސީއެލްގެ އައު ސީޕްލޭން ޓަރމިނަލް
ޓީއެމްއޭއާއި އެމްއޭސީއެލް އާއި އަޅުގަނޑާ ގުޅުމެެއް ނެތް: ރައީސް ނަޝީދު
އެއާރޕޯޓްގެ މައްސަލަ އަވަހަށް ނުނިމިއްޖެނަމަ ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ވާނެ
ޓީއެމްއޭއާއި އެމްއޭސީއެލްއާއި އެއްވެސް ގުޅުމެއް ނެތް
ގުޅުން އޮންނަނީ ދިވެހިންނާއި ދިވެހިރާއްޖޭއާއި

އެމްއޭސީއެލް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރަމުން އަންނަ އައު ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދިނުމުގައި އެއްވެސް ދައުރެއް ނޯންނާނެކަމަށާއި އެ ދެ ކުންފުންޏާއި އެމަނިކުފާނާއި އެއްވެސް ގުޅުމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސީޕްލޭން ޓާރިމިނަލް ކަންތައް އަވަސްކުރުމަށާއި އެކަމުން ދައުލަތަށް ނުހަނު ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހޭ ކަމަށް ވިދާޅުވުމުން އެ މައްސަލަ ނިންމުމުގައި އެމަނިކުފާނުގެ މަސްލަހަތު އޮންނަ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ދަނޑިވަޅެއްގައި ރައީސް ނަޝީދު ލިޔުއްވައި ސޮއިކުރައްވާފައިވާ ސިޓީއެއްގައި ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް އާއި ގުޅޭ ވާހަކަތައް އެ މޭރުމުން ދައްކަނީ އެމަނިކުފާނުގެ ނަޒަރުގައި އެއާރޕޯޓްގެ މައްސަލަ އަވަހަށް ނުނިމިއްޖެނަމަ ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ވާނެކަމަށް ދެކެވޭތީކަމަށެވެ. އަދި ޓީއެމްއޭއާއި އެމްއޭސީއެލްއާއި އެއްވެސް ގުޅުމެއް ނެތްކަމަށާއި ގުޅުން އޮންނަނީ ދިވެހިންނާއި ދިވެހިރާއްޖޭއާއިކަމަށް އެމަނިކުފާނުގެ ސިޓީގައި ފާހަގަކުރައްވާފިއެވެ.

Advertisement

އައު ސީޕްލޭން ޓާމިނަލް ހިންގުން ހަވާލު ކުރުމަށް ނިންމާފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ވަކި ފަރާތަަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށްކަމަށް ބުނެ އޭސީސީއަށް ހެށަހެޅިފައިވާ މައްސަލައިގެ ތަހުގީގު ކުރަމުންދާއިރު މިހާތަނަށް އެކަމިޝަނަށް ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް، އޭސީސީން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ، އައު ޓާމިނަލް ޓީއެމްއޭއަށް ދޭން ނިންމާފައިވާ އަގަށްބަލާއިރު އަހަރަކު ދައުލަތަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާގެ) ގެއްލުމެއް ލިބޭނެކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭސީސީގެ ތަޙްޤީޤަށް މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް އެކޮމިޝަނުން އެމްއޭސީއެލްއަށް ވަނީ އަންގާފައެވެ. ހަމައެއާއެކު، މި މައްސަލައިގައި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް، ނުވަތަ ސީ ޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމާއި، ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، މި މައްސަލައިގެ ޖިނާޢީ ތަޙުޤީޤު ވަކި މައްސަލައެއްގެ ގޮތުގައި އޭސީސީން ތަޙްޤީޤުކުރަމުންދާ ކަމަށްވެސް އެކޮމިޝަނުން ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް