Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2020 | ބުރާސްފަތި 23:08
ލޯޑް މާލޭންޑް އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރެއްވުން
ލޯޑް މާލޭންޑް އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފިސް
ނޫއިޤްތިސާދު ބިނާ ކުރަން ކޮމަންވެލްތްގެ އެހީ ރާއްޖެ އަށް
މާލީދާއިރާއާ ވިޔަފާރިއާ އިންވެސްޓްމަންޓްގެ ދާއިރާއިން އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވި
ރާއްޖޭގެ ބައެއް ސަރަޙައްދުތައް ބައޮސްފިއަރ ރިޒާވްގެ ގޮތުގައި ކަނޑައެޅުމުން އެކަމަށް ވަނީ ތައުރީފް ކުރައްވާފައި

ނޫއިޤްތިސާދެއް ބިނާކުރުމުގައި އެހީތެރިކަމާ އެއްބާރުލުން ކޮމަންވެލްތުން ދެއްވާނެ ކަމަށް ކޮމަންވެލްތު އެންޓަރ ޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއަރމަން، ހިޒް އެކްސަލެންސީ ލޯޑް މާލޭންޑް (ޖޮނަތަން ޕީޓަރ މާލޭންޑް) ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ލޯޑް މާލޭންޑް ބުރާސްފަތި ދުވަހު ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައި ލޯޑް މާލޭންޑް ވަނީ ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅިފައިވާތީ އެކަން ފާހަގަކުރައްވައި ރާއްޖެއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ކޮމަންވެލްތުން ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގައި ލޯޑް މާލޭންޑް ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އެގޮތުން މާލީދާއިރާއާ ވިޔަފާރިއާ އިންވެސްޓްމަންޓްގެ ދާއިރާއިން އެހީތެރިކަމާ އެއްބާރުލުން ދެއްވާނެކަމަށް ލޯޑް މާލޭންޑް ވަނީ ވިދާޅުވެފައެވެ.

Advertisement

މީގެ އިތުރުން ކޮމަންވެލްތުގެ ވިޔަފާރިތަކާއި އިންވެސްޓްމަންޓް ކައުންސިލާއެކު އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި ލޯޑް މާލޭންޑް ވަނީ ރާއްޖޭގެ ބައެއް ސަރަޙައްދުތައް ބައޮސްފިއަރ ރިޒާވްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވައި ކުރައްވަމުންގެންދަވާ މަސައްކަތަށް ތައުރީފުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް