Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2020 | ބުރާސްފަތި 20:11
ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކުއްޖާގެ ކާފައާއި މުނިކާފަ ހައްޔަރު ކޮށްގެން ގެންދިޔުމުގެ ތެރެއިން
ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކުއްޖާގެ ކާފައާއި މުނިކާފަ ހައްޔަރު ކޮށްގެން ގެންދިޔުމުގެ ތެރެއިން
ޓްވިޓަރ
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ
ކުޑަ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި ކާފައާއި މުނިކާފަ އަށް ދައުވާކޮށްފި
ކާފަ އާއި މުނިކާފަ އެ ކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައިވޭ
ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރު ކޮށްފައި
މި މީހުން ހައްޔަރު ކޮށްފައިވަނީ ހުސްވި މަހުގެ 17 ވަނަ ދުވަހު

ގއ. ކަނޑުހުޅުދޫ ގައި ދެ އަހަރު ނުވާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އެ ކުއްޖާގެ ކާފައާއި މުނިކާފަ އަށް ދައުވާކޮށްފިއެވެ.

ޕްރެސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ (62އ) އާއި ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ޙަސަން މޫސާދީދީ (82އ) ގެ މައްޗަށް، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

Advertisement

އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ހުސްވި އަހަރުގެ ޖެނުއަރީ މަހު 17 ވަނަ ދުވަހުއެވެ. އެ މައްސަލާގައި އެ ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފައެވެ. ބައްޕަގެ ހައްޔަރު ކުރި އެ ކުއްޖާ އަށް އިހުމާލުވި މައްސަލާގައެވެ. ކާފަ އާއި މުނިކާފަގެ ބަންދުގެ 30 ދުވަހު މުއްދަތު ހަމަވާނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ މަންމަ ޑްރަގް ރިހިބިލެޓޭޝަންގެ ކަމެއްގައި މާލެ އައިސް ހުއްޓައެވެ. އެ ކުއްޖާގެ މަންމަ އާއި ބައްޕައަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް