Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2020 | ބުރާސްފަތި 18:16
ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް، ނައިބު ރައީސް ޝަހީދު މުހައްމަދު، މެމްބަރު އިބްރާހިމް ޝަހީގު، އަލްއުސްތާޛް ޒަކަރިއްޔާ ޙުސައިން
ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް، ނައިބު ރައީސް ޝަހީދު މުހައްމަދު، މެމްބަރު އިބްރާހިމް ޝަހީގު، އަލްއުސްތާޛް ޒަކަރިއްޔާ ޙުސައިން
ރާއްޖެއެމްވީ
ސީއެސްސީ
ވަޒީރުން ދެއްކެވި ވާހަކަތަކަށް ޖަވާބުދާރީވުމުގެ ފުރުސަތުދީ: ސީއެސްސީ
މަގާމުގައި ކުރިއެރުން ނުލިބުމާއި ޕަރފޯމެންސް ދެނެގަނެވޭނެ ގޮތެއް ނެތް ކަން ވަޒީރުން ފާހަގަކުރެއްވި
ކުރާ މަސައްކަތާ އެކަށީގެންވާ މުސާރަ ނުލިބޭ ކަމަށް ވަޒީރުން ވިދާޅުވީ
މިނިސްޓަރ ގުޅައިގެން ކަންކުރާ އުސޫލު ބަދަލު ކުރަންޖެހޭ ކަމަށް ވިދާޅުވި

ސިވިލް ސަރވިސް ކޮމިޝަންގެ މަސައްކަތައް ލަސް ކަމަށް ރައްޔިތުންގެ މަޖިލީހުގައި ކޮމިޓީގައި ވަޒީރުން ވިދާޅުވެފައިވާތީ އެ ތުހުމަތު ތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް އެ ކޮމިޝަނުން މަޖިލީހުގައި އެދިއްޖެއެވެ.

ސީއެސްސީން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ، ކޮމިޓީގައި ވަޒީރުން ދެއްކެވި ވާހަކަތަކާއި މެދު ކަންބޮޑުވާކަމަށެވެ.

ސީއެސްސީގެ މަސައްކަތްތަކާއި ގުޅިގެން ވަޒީރުންނާއެކު މަޝްވަރާ ކުރުމަށް ކޮމިޓީން ބައްދަލުވުމެއް ބާއްވާފައިރު އެ ކޮމިޓީގެ އެއްބައި ކުރިއަށް ގެންގޮސްފައިވަނީ ސިއްރުންނެވެ. މި ބައްދަލުވުމުގައި ވަޒީރުން ވަނީ ސިވިލް ސަރވިސްގެ މަސައްކަތްތައް ހުންނަ ގޮތުން ދިމާވާ ގޮންޖެހުންތައް ކޮމިޓީއާއި ހިއްސާކުރައްވާފައެވެ. އެގޮތުން ސިވިލް ސަރވިސްގެ މަސައްކަތް ލަސްކަމަށާއި އެކަމުގެ ސަބަބުން އެ ވުޒާރާތަކުގެ މަސައްކަތަށްވެސް ބުރުއަރާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކޮމިޝަނުގެ ޤަވާއިދުތަކުގެ ސަބަބުން ވެސް އެ ވުޒާރާތަކުގެ މަސައްކަތްތައް ލަސްވެ، އެތައް ސިވިލް ސަރވެންޓުންގެ ޙައްޤުތައް ގެއްލޭ ކަން ފާހަގަކުރައްވާ ވަޒީރުން ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

ކޮމިޝަންގެ ބަޔާނުގައި ބުނެފައިވަނީ، އެ މުއައްސަސާ އިން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ، ސިވިލް ސަރވިސްގެ ޤާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ ޤާނޫނީ މަސްއޫލިއްޔަތުތައް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ މިންތަކާއި އިންތަކާއި ހުދޫދުތަކުގެ ތެރެއިން ކަމަށެވެ.

އަދި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޤާނޫނުން ލިބިދީފައިވާ ހައްޤުތައް ކަށަވަރުކުރުމާއެކު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އަވަސް އަދި ހަލުއި ގޮތެއްގައި ދެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސިވިލް ސަރވިސްގެ އިދާރާތަކަށާއި ވަޒީރުންނަށް ދޭންޖެހޭ އެއްބާރުލުން ކޮމިޝަނުން އަބަދުވެސް ދެމުންގެންދާ ކަމަށްވެސް ބުންޏެވެ.

Advertisement

ރާއްޖޭގެ މާލީ ޙާލަތު އޮތްގޮތުން އެކަށީގެންވާ މިންވަރަށް އިދާރާތަކަށް މުވައްޒަފުން ހޯދައިނުދެވުމާއި، މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިރިއުޅުމުގެ ހާލަތަށް ބަލާއިރު އެކަށީގެންނުވާކަން ފާހަގަކުރަމުން ސީއެސްސީގެ ބަޔާނުގައި ބުނީ، ރާއްޖޭގެ ސިޔާސީ މާހައުލު އޮތްގޮތުން މުވައްޒަފުންގެ ސްލޫކީ މިންގަނޑު ހިފެހެއްޓުމަށާއި ދެމެހެއްޓުމަށް ގިނަ ގޮންޖެހުންތަކެއް ކޮމިޝަނަށް ކުރިމަތިވެފައިވާ ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވަޒީރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް ކޮމިޝަނުން ބޭނުންވާ ކަމަށް އެކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން، ޖަވާބުދާރީވުމުގެ ފުރުޞަތަކަށް އެދި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހުގައި އެ ފަދަ ފުރުޞަތެއް ލިބޭނެގޮތް ފަހިކޮށް ދެއްވުމަށް އެދިފައިވާނެ ކަމަށް ސީއެސްސީން ބުންޏެވެ.

އަދި، ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިންގެ ކަންބޮޑުވުންތައް ދެނެގަތުމަށާއި އެ ކަން ކަމާގުޅިގެން ކޮމިޝަނުން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ވުޒާރާތަކުގެ ވަޒީރުންނާ ބައްދަލުކުރުމަށް ކޮމިޝަނުން ބޭނުންވާތީ، ވަޒީރުންގެ އަރިހުގައި އެ ކަމަށް އެދިފައިވާނެ ކަމަސް ވެސް އެކޮމިޝަނުން ބުންޏެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ހޯމަ ދުވަހުގެ ކޮމިޓީ ބައްދަލުވުމަށްފަހު އެ ކޮމިޓީން ވަނީ ސިވިލް ސަރވިސް ކޮމިޝަންގެ ހަތަރު މެންބަރުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހެޅުމަށް ނިންމާފައެވެ. ކޮމިޓީން މަޤާމުން ދުރުކުރުމަށް ނިންމާފައިވަނީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު އިބްރާހިމް ޝަހީގުގެ އިތުރުން އަލްއުސްތާޛް ޒަކަރިއްޔާ ޙުސައިނެވެ. އެކަމަކު ވެސް ކޮމިޝަންގެ ރައީސް ވަނީ ރާއްޖެޓިވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި އޭނާ ދިފާއުކުރައްވާ ވާހަކަދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް