Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 23:27
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
ގޫގުލް
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ ދޫކުރާ ފެނަކީ ބޯން ބޭނުންކުރަން ރަނގަޅު ފެނެއް: ޝާހު
ޑަބްލިޔުއެޗްއޯގެ މިންގަނޑަށްވުރެ ފެނުގެ ކޮލެޓީ ރަނގަޅުވާނެ
ކޮންމެ ދުވަހަކު ވެސް ފެނުގެ ކޮލެޓީ ބަލާނެ
ފެނުގެ އަގު ތިރިކުރުމަށް ދަނީ މަސައްކަތް ކުރަމުން

މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ދޫކުރާ ފެނަކީ ބޯން ބޭނުންކުރަން ރަނގަޅު ފެނެއް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީން މީޓަރު ހަރުކޮށްގެން މިދޫކުރާ ފެނަކީ ބުއިމަށް ބޭނުން ކުރަން ރަނގަޅު ފެނެއް ކަމާއި، ޑަބްލިޔުއެޗްއޯގެ މިންގަނޑަށްވުރެ ފެނުގެ ކޮލެޓީ ރަނގަޅުވާނެ ކަމަށެވެ.

Advertisement

ޝާހު ވިދާޅުވީ އެފެން ބޮއެގެން އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ އެކުންފުނީގެ ކޮލެޓީ ލެބެއް ވިލިނގިލީގައި އެބަހުރި ކަމަށާއި، ކޮންމެ ދުވަހަކު އެލެބުން ފެން ޓެސްޓުކޮށް ކޮންމެ ދުވަހަކު ފެން މޮނީޓަރ ކުރަމުންދާ ކަމަށެވެ. އަދި އޭގައި ގޯހެއް އުޅޭނަމަ ވަގުތުން އެނގޭނެ ކަމަށާއި، އެގޭއިރަށް ކުންފުނިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

އެހެން ނަމަވެސް ފެން ބޭނުންކުރުމުގައި ސައިކޮލޮޖީ ފެކްޓަރ ވެސް އެބާއާދޭ ވަރަށް ބޮޑަށް. އެހެންވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ފީލްވަނީ މިއީ ބޯން އެންމެ ރައްކާތެރި ފެން ނޫން ކަމަށް . ބޯން ރައްކާތެރި ފެނަކީ ފުޅީގަ ބަންދުކޮށްފައި ހުންނަ ފެނޭ ނެޓްވޯކުން މިއަންނަ ފެނަކީ ހަމަ ބޯން ރަނގަޅު ފެން.
މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު

ފެނުގެ އަގު ތިރިކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ މުސްތަޤުބަލުގައި ފެން އަގުހެޔޮ ކުރެވޭނެ ގޮތްތައް ހޯދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ވާރޭ ފެން ރައްކާކުރެވިގެން ރިސަރވް އިތުރުކުރެވިގެން ފެނުގެ އަގު ތިރި ކުރެވިދާނެ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

ޕްރެޝަރުގައި ފެން ނުލިބޭ މައްސަލައަށް އަލިއަޅުއްވާލައްވާ ޝާހު ވިދާޅުވީ ޕްރެޝަރުގައި ފެން ލިބޭނީ 03 ވަނަ ފަންގިފިލާއަށް ކަމަށެވެ. އެއަށްވުރެ މައްޗަށް ފެން ނަގާނަމަ ބޫސްޓަރ ޕަންޕު ކުރަންޖެހޭ ކަމަށާއި، އެކަން ކުރުމަށް އެމްޑަބްލިއުއެސްސީން އެހީތެރިވެދޭނެކަން ޝާހު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނާއި ގާތުން ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް