Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2020 | ބުދަ 01:46
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ
ޝުއައިބް މުހައްމަދު އިގްބާލް
އައިލެންޑް އޭވިއޭޝަން
އައިލެންޑް އޭވިއޭޝަންގެ ސީނިއަރ ބޭފުޅުންގެ މުސާރަ ބޮޑުކުރި މައްސަލާގައި ހާއްސަ އޮޑިޓެއް ހަދައިފި
ހާއްސަ އޮޑިޓް ރިޕޯޓް ހެދީ އައިލެންޑް އޭވިއޭޝަންގެ ސީނިއަރ ބޭފުޅުންގެ މުސާރަ ބޮޑުކޮށްފައިވާތީ އެކުންފުނީގެ މުވައްޒަފުންތަކެއް ހުށަހެޅި މައްސަލައަކާ ގުޅިގެން
ރިޕޯޓާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މާދަމާ އޮޑިޓަރ ޖެނެރަލް އޮފީހުގެ އިސްވެރިން ކޮމެޓީއަށް ހާޒިރު ކުރަން ވަނީ ނިންމާފަ
މިމައްސަލަ ކޮމެޓީން ނިންމަން ކަނޑައަޅާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހަށް

އައިލެންޑް އޭވިއޭޝަންގެ ސީނިއަރ މުވައްޒަފުންތަކެއްގެ މުސާރަ ބޮޑުކުރި މައްސަލާގައި ޚާއްޞަ އޮޑިޓް ރިޕޯޓެއް ހަދައި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމެޓީއަށް ހުށަހަޅައިފި އެވެ.

އަންގާރަ ދުވަހު ބޭއްވި އެސްއޯއީ ކޮމެޓީގައި ވަނީ މެންބަރުންނާ އެ އޮޑިޓް ރިޕޯޓް ހިއްސާ ކުރައްވާފަ އެވެ. އެ އޯޑިޓް ރިޕޯޓަކީ، އައިލެންޑް އޭވިއޭޝަންގެ ސީނިއަރ ބޭފުޅުންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށް ބުނެ، އެކުންފުނީގެ މުވައްޒަފުންތަކެއް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން، އެސްއޯއީ ކޮމެޓީން، ފިނޭންސް މިނިސްޓްރީންނާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މަޢުލޫމާތުތައް ހޯދުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް، ހަދާފައިވާ އައިލެންޑް އޭވިއޭޝަންގެ ޚާއްޞަ އޮޑިޓް ރިޕޯޓެކެވެ.

އެސްއޯއީ ކޮމެޓީގެ މުޤައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ މިމައްސަލަ އެ ކޮމިޓީން ނިންމަން ކަނޑައަޅާވަނީ މިމަހުގެ 19 ވަނަ ދުވަހަށް ކަމަށެވެ.

Advertisement

އައިލެންޑް އޭވިއޭޝަންގެ ޚާއްޞަ އޮޑިޓް ރިޕޯޓާ ގުޅިގެން ކޮމެޓީން އޮޅުންފިލުވަން ބޭނުންވާ ބައެއް ކަންކަން ހުންނާނެތީވެ، ކޮމެޓީން ވަނީ އޮޑިޓަރ ޖެނެރަލް ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމާފަ އެވެ.

ކޮމެޓީން ނިންމާފައިވަނީ މި އޮޑިޓް ރިޕޯޓާއި ގުޅިގެން އައިލެންޑް އޭވިއޭޝަނުން ކޮމެންޓެއް ކުރަން އޮތްތޯ ލިޔުމުން އެކުންފުންޏަށް ދެންނެވުމަށާއި ބުދަ ދުވަހު ބާއްވާ އެސްއޯއީ ކޮމެޓީއަށް ވަޑައިގެން މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް އޮޑިޓަރ ޖެނެރަލް އޮފީހުގެ އިސްވެރިންނަށް ދެންނެވުމަށްވެސް ކޮމެޓީން ވަނީ ނިންމާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
12 ފެބްރުއަރީ 2020 | ބުދަ 09:54
ސިފާޒާ
ތިހެން ބަލަންޏާ އެޗްޑީސީއަ ޔާމީނު ވަޒީފާ ދިން މީހުން ގެ ކަންކަން ބަލާ ބަލަ ވަޒީފާ ދިންތާ 2 މަސްނުވަނީސް ޑަ ބަލްޕޮރޮމޯސަންދީ ވަޒީފާ މަތިކޮށް މުސާރަ ބޮޑުކޮށްފަ އެތި ބީ އަދިވެސް އެމީހުން ވަޒީފާތަކުގަ އެ ބަތި ބި އެމީހުންނަށް ވަޒީފާގެ ކުރިއެރުން ދީފަ ހުރިގޮތް ބަލާލަ ބަލަ
12 ފެބްރުއަރީ 2020 | ބުދަ 07:25
އައްޔަ
އެތާ އެއުޅޭ ލާދީނީ އަންހެން ޖެނީފާއަށް ވެސް ލިބޭކަމަށް ވަނީ60000 ރުފިޔާ