Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 22:22
ހުޅުމާލޭގެ ދެވަނަ ފިޔަވަހި
ހުޅުމާލޭގެ ދެވަނަ ފިޔަވަހި
ރާއްޖެ އެމްވީ
ހުޅުމާލެއިން ބިންވިއްކުން
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާއިމެދު ވަކިގޮތެއް ނިންމާފައިނުވޭ: އެޗްޑީސީ
ހުޅުމާލެ ތަރައްގީ ކުރަނީ މާސްޓަރ ޕްލޭނެއްގެ ދަށުން
ދެވަނަ ފިޔަވަހި ޚާއްސަކުރަނީ އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް
ވެށިފަހި ޕްރޮގްރާމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުކުރާނެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާއިމެދު ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަނުން ވަކި ގޮތެއް ނުނިންމާ ކަމަށް އެކޯޕްރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާއިމެދު އެކި ނޫސްތަކުގައި ޚަބަރު ޢާންމު ކޮށްފައިވާއިރު، ހުޅުމާލެއިން ބިން ވިއްކުމާމެދު އެކޯޕަރޭޝަންގެ ބޯޑުން ވަކި ގޮތެއް ނިންމާފައިނުވާކަމަށެވެ.

ހުޅުމާލެއަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއިން މާސްޓަރ ޕްލޭނެއްގެ ދަށުން ތަރައްޤީކުރަމުންދާ ރަށެއްކަމުގައިވާއިރު، މި މާސްޓަރ ޕްލޭން ފަރުމާކުރެވިފައިވަނީ އެކި ބޭނުންތަކަށް ޚާއްޞަކުރެވިގެން ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

Advertisement

މީގެ އިތުރުން އެޗްޑީސީން ބުނީ ރެސިޑެންޝަލް، ކޮމަރޝަލްއިންޑަސްޓްރިއަލް އަދި ކޮމިއުނިޓީ ބޭނުންތަކަށް މި މާސްޓަރ ޕްލޭންގައި ޖާގަދެވިފައިވާ ކަމަށެވެ. އަދި އެންމެ ބޮޑު ޙިއްސާއެއް ޚާއްޞަކުރެވިފައިވަނީ ޢާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރާއެކު އެކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ ފޯރުކޮށްދިނުމަށް ތަޢާރަފުކުރެވޭ މަޝްރޫޢުތަކަށް ކަމަށެވެ.

ރައްޔިތުން މަޖިލިސް އާ އަހަރަށް ހުޅުވާ މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ދެއްވި ރިޔާސީ ބަޔާނަށް އަލިއަޅުއްވާލައްވާ އެޗްޑީސީން ބުނީ ވެށިފަހި ޕްރޮގުރާމުގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމުގެ ލިޔުން ލިބި، މިހާތަނަށް ލިބިފައިނުވާ ފަރާތްތަކަށް މިއަހަރު ހުޅުމާލެއިން ގޯތި ދޫކުރެވޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ މިއަހަރު ތެރޭގައި ފްލެޓުގެ ޙައްޤުވެރި ފަރާތްތަކަށް ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެކޯޕްރޭޝަނުން ކުރަމުންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް