Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 23:26
ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސމިއްޔާތުގެ ތެރެއިން
ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސމިއްޔާތުގެ ތެރެއިން
ޖޭއެސްސީ
ޖޭއެސްސީ
ޖޭއެސްސީއާއި އިންޑިއާގެ ނެޝަނަލް ޖުޑީޝަލް އެކަޑަމީއާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
އެމް.އޯ.ޔޫގެ ސަބަބުން ފަނޑިޔާރުންނަށް ފަންނީ ތަމްރީނާއި، ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުޞަތު ލިބިގެންދާނެ
މިއީ ދިވެހިރާއްޖޭގެ ޖުޑިޝަރީއަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެއް
އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއިން ދިވެހިރާއްޖޭގެ ފަނޑިޔާރުންނަށް ޚާއްސަ ކުރެވިގެންދެވޭ 200 ފުރުސަތުދިނުމަށް އެއްބަސްވެފައިވޭ

ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިންޑިޔާގެ ނެޝަނަލް ޖުޑީޝަލް އެކަޑަމީއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ(އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ.

އިންޑީއާގެ ބޯޕާލްގައި ހުންނަ ނެޝަނަލް ޖުޑީޝަލް އެކަޑަމީގައި އެމް.އޯ.ޔޫގައިސޮއިކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކޮމިޝަނުގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިންއެވެ. އަދި އިންޑިޔާގެ ނެޝަނަލް ޖުޑީޝަލް އެކަޑަމީގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ އެ އެކަޑަމީގެ ޑިރެކްޓަރ ޖަސްޓިސް ޖީ. ރަގުރާމްއެވެ.

Advertisement

މި އެމް.އޯ.ޔޫގެ ސަބަބުން ފަނޑިޔާރުންނަށް ފަންނީ ތަމްރީނާއި، ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުޞަތު ލިބިގެންދާނެއެވެ. އެގޮތުން އިންޑިޔާގެ ނެޝަނަލް ޖުޑީޝަލް އެކަޑަމީއިން ދިވެހިރާއްޖޭގެ ފަނޑިޔާރުންނަށް ޚާއްޞަ ކުރެވިގެންދެވޭ 200 ފުރުޞަތުދިނުމަށް އެއްބަސްވެފައިވާއިރު މިއީ މިފަދަ އެމް.އޯ.ޔޫ އެއްގައި ކޮމިޝަނުގެ ފަރާތުން ސޮއިކުރެވުނު ފުރަތަމަ ފަހަރުކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އެމް.އޯ.ޔޫގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް، ހިސާން ޙުސައިން ވަނީ މިއީ ދިވެހިރާއްޖޭގެ ޖުޑިޝަރީއަށް ލިބުނު ވަރަށް އަގުހުރި ފުރުޞަތެއްކަން ފާހަގަކުރައްވައި، މިފުރުޞަތު ތަނަވަސް ކޮށްދެއްވީތީ އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިންޑިޔާގެ ނެޝަނަލް ޖުޑީޝަލް އެކަޑަމީއާއި ކޮމިޝަނާއި އެކު ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނާއި، ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުން ތަމްރީން ކުރުމަށް މުސްތަޤުބަލުގައި ކުރެވޭނެ ކަންތައްތަކުގެ މައްޗަށް އަލި އަޅުވާލައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް