Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 15:04
19 ވަނަ ރައްޔިތުންގެ މަޖިލިސް
19 ވަނަ ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކުލީގެ %70 ސަރުކާރުން ދިނުމަށް ގޮވާލާ ހުށަހެޅި ޤަރާރު މަޖިލީހުން ބޭރުކޮށްލައިފި
ގަރާރު ބަލައިގަންނަަން ނުފެންނަކަމަށް 65 މެމްބަރުން ވޯޓު ދެއްވި
ގަރާރު ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވީ 6 މެމްބަރުން

ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަން ލިބުމާއި ހަމައަށް ފާއިތުވެގެންދާ ދުވަސްތަކުގައި ކުލީގެ ގޮތުގައި އެފަރާތްތަކުން ޚަރަދު ކުރަންޖެހިފައިވާ ފައިސާގެ %70 ސަރުކާރުން އެފަރާތްތަކަށް ލިބިގެންދާނެ ގޮތްތަކެއް މިހާރުން މިހާރަށް ހަމަޖެއްސުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޤަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.

މިޤަރާރު ބަލައިގަންނަން ފެނޭތޯ ނެގުނު ވޯޓުގައި އެ ގަރާރު ބަލައިގަންނަަން ނުފެންނަކަމަށް 65 މެމްބަރުން ވޯޓު ދެއްވި އެވެ. އެ ގަރާރު ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވީ 6 މެމްބަރުންނެވެ. ވަކިކޮޅަކަށް ވޯޓު ދެއްވަން ބޭނުންފުޅުނުވާ އިންނެވީ އެއް މެމްބަރެވެ.

Advertisement

މި ޤަރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ މި ޤަރާރަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކާއެކު، މާލޭގެ ރައްޔިތުން ކުލިދެއްކުމަށް ބޮޑު ޚަރަދެއް ކުރަންޖެހިފައިވުމާއެކު، ބޯހިޔާވަހިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށްގޮވާލައި ހުށަހަޅާ ޤަރާރެއް ކަމަށެވެ. އަދި ޤަރާރުގައި ބަޔާންކުރާ ކަންކަން ސަރުކާރަށް ނުވާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަަމަށްވެސް ވިދާޅުވި އެވެ.

މިޤަރާރަށް ބަހުސްކުރައްވަމުން އެމްޑީޕީގެ މެމްބަރުން ވިދާޅުވެފައިވަނީ މިޤަރާރުގައި ބަޔާންކުރާ ކަންކަމަކީ، ސަރުކާރަށް ކުރެވޭނެ ކަމަށް ނޫންކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް