Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 13:35
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ
ޔޫސުފް ސޮފްވާން ރަޝީދު
އިންފޮމޭޝަން ކޮމިޝަނަރު
ރައްޔިތުންގެ ހައްގަކީ ކުޅޭކުޅޭ އެއްޗެއް ނޫން: ފިޔާޒްގެ ނުރުހުން ޓޫރިޒަމް މިނިސްޓްރީއަށް!
ފިޔާޒް ނުރުހުން ފާޅުކުރެއްވީ އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީން ހާޒިރުނުވުމުން
މައްސަލަ ހުށައެޅީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން
މާއްދާ 29 ގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފާނަން: ފިޔާޒް

ރައްޔިތުންގެ ހައްގަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަމަށް ވިދާޅުވެ، އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ޓޫރިޒަމް މިނިސްޓްރީއަށް ފާޑުވިދާޅުވެއްޖެއެވެ.

ފިޔާޒް މިހެން ވިދާޅުވީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅިފައިވާ މައްސަލައެއްގެ އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީން ހާޒިރުނުވުމާއި ގުޅިގެންނެވެ. މި އަޑުއެހުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ޓޫރިޒަމް މިނިސްޓްރީއާ ދެކޮޅަށް ހުށައަޅާފައިވާ މައްސައެކެވެ.

Advertisement

ފިޔާޒް ކުރެއްވި ޓްވީޓުގައި ވަނި ޓޫރިޒަމް މިނިސްޓްރީ ހާޒިރުނުވުމަކީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެކަން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށްވެސް ފިޔާޒްގެ ޓްވީޓުގައި ވެއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީއަށް ދެކޮޅަށް ހުށައަޅާފައިވާ މައްސަލައަކީ، އެމްއެމްޕީއާރްސީއަށް ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުގެ އެގްރީމަންޓްތައް ހާމަކުރުމަށް އެވުޒާރާއިން އުޒުރުވެރިވުމުން ހުށައަޅާފައިވާ މައްސަލައެކެވެ.

އެމައްސަލައިގެ އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ވަނީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން އެދުނުގޮތަށް، އެގްރީމަންޓްތަކުގެ މައުލޫމާތު ދިނުމަށް ޓޫރިޒަމް މިނިސްޓްރީއަށް އަންގަވާފައެވެ. ގާނޫނުގައިވާ ގޮތުންނަމަ، 45 ދުވަހުގެ ތެރޭގައި އެމައުލޫމާތު ހާމަނުކޮށްފި ނަމަ، ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުގެ އިޙްތިޔާރު މައްސަލަ ހުށައެޅި ފަރާތަށް ލިބޭނެއެވެ.

Advertisement

Advertisement
- ކޮމެންޓް